އިސްދޫ-ކަޅައިދޫ އެއާޕޯޓު: ބަޖެޓުގައި 600 މިލިއަން ރުފިޔާ އޮތަސް މަސައްކަތް ނުފެށޭ
ލ. އިސްދޫ-ކަޅައިދޫ އެއާޕޯޓު އެޅުމަށް ދައުލަތުގެ ބަޖެޓުގައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައި ވީނަމަވެސް، ކޮންޓްރެކްޓު ކުރުމުގެ މަރުޙަލާ ނުނިމޭތީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަދި ނުފެށޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވެފިއެވެ.
ލ. އިސްދޫ-ކަޅައިދޫ އެއާޕޯޓު އެޅުމަށް ދައުލަތުގެ ބަޖެޓުގައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައި ވީނަމަވެސް، ކޮންޓްރެކްޓު ކުރުމުގެ މަރުޙަލާ ނުނިމޭތީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަދި ނުފެށޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވެފިއެވެ.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު މި މަޢުލޫމާތު ދެއްވީ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ލިޔުމުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝަމްހީދު އެ ސުވާލު ކުރެއްވީ އެއާޕޯޓު މަޝްރޫޢުތަކުގެ އެންމެ ފަހުގެ ހާލަތާއި، އިތުރަށް ބޭނުންވާ ފައިސާގެ ތަފްސީލު ހޯއްދެވުމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ކުރިއަށްދާ ފަސް އެއާޕޯޓެއްގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އިސްދޫ-ކަޅައިދޫ އެއާޕޯޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަރުޙަލާ ނިމިފައި ނުވާތީ، އެ މަޝްރޫޢުގެ އެއްވެސް ޢަމަލީ މަސައްކަތެއް އަދި ފެށިފައި ނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނާފައިވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ އިޢުލާނުކުރެއްވީ، ލ. މާވަށަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ. އޭގެ ފަހުން، ޖޫން މަހުގެ 25 ވަނަ ދުވަހު، އެ އެއާޕޯޓު ތަރައްޤީކުރަން ނިންމާފައިވަނީ އިސްދޫ-ކަޅައިދޫގައި ކަން ސަރުކާރުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް