މައިގަނޑު ބަޔަށް ދާން

ހަބަރު

މުޅި ރާއްޖެއަށް އުދައިގެ އިންޒާރާއެކު ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުޞަތު އޮތުމުންނެވެ.

އަހުމަދު އާހިލް ސައީދު

ރަށަކަށް އުދަ އަރަނީ... ފޮޓޯ: ވޮއިސް
ރަށަކަށް އުދަ އަރަނީ... ފޮޓޯ: ވޮއިސް

މުޅި ރާއްޖެއަށް އުދައިގެ އިންޒާރާއެކު ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުޞަތު އޮތުމުންނެވެ.

އުތުރުން ދެކުނަށް ހުރިހާ ސަރަޙައްދަކަށް މި ސަމާލު ނެރެފައިވަނީ މިއަދު 11:30 އިން 15:30 އާ ދެމެދުގެ ވަގުތަށެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި ކަނޑުތައް ނިސްބަތުން މަޑު ނަމަވެސް ރާޅު ބާނީގެ އުސްމިން އިތުރުވާނެ ކަމަށް ބެލެވެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކާ ދިމާކޮށް ރަށްތަކަށް އުދަ އެރުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކޮށް ރައްޔިތުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރު ރާއްޖޭގެ ރަށްތަކަށް އުދަ އެރުމާ ގުޅިގެން ސަމާލުތައް ނެރެމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.