ދުނިޔެ

އީރާނާ ދެކޮޅު އެމެރިކާގެ ޢަމަލުތައް ކުށްވެރިކޮށް ރަޝިޔާގެ ވިސްނުމަށް އީރާނުން މަރުޙަބާ ކިޔައިފި

Eeraanaa dhekolhu emerikaage amaluthah kuvverikoh rashiyaage visnumah eeraanun maruhabaa kiyaifi

Ahmed Aahil Saeed

25 July 2026

0
އީރާނާ ދެކޮޅު އެމެރިކާގެ ޢަމަލުތައް ކުށްވެރިކޮށް ރަޝިޔާގެ ވިސްނުމަށް އީރާނުން މަރުޙަބާ ކިޔައިފި

އީރާންގެ ޚާރިޖީ ވަޒީރު. ޢައްބާސް އަރާޣްޗީ؛ ފޮޓޯ / ކާރޑިސްތާނު 24 ނެޓް

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގެއި ލެވްރޯފާ ބައްދަލުކުރައްވައި ހޮރްމޫޒް ކަނޑުއޮޅީގެ މިހާރުގެ ޙާލަތަށް މެދުވެރިވީ އެމެރިކާގެ ވައުދު އުވާލުމާއި ޖަރީމާތަކުގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފައެވެ.

އީރާނާ ދެކޮޅު އެމެރިކާގެ ޢަމަލުތައް ކުށްވެރިކޮށް ރަޝިޔާގެ ވިސްނުމަށް އީރާނުން މަރުޙަބާ ކިޔައިފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގެއި ލެވްރޯފާ ބައްދަލުކުރައްވައި ހޮރްމޫޒް ކަނޑުއޮޅީގެ މިހާރުގެ ޙާލަތަށް މެދުވެރިވީ އެމެރިކާގެ ވައުދު އުވާލުމާއި ޖަރީމާތަކުގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފައެވެ.

ކީރުގިސްތާނުގައި ކުރިއަށްދާ ޝެންހައި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމެއްގެ ހަވާސާގައި ހުކުރު ދުވަހު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ އަސްކަރީ ޢުދުވާން ހަރުކަށިކޮށް ކުށްވެރިކުރުމުގައި ރަޝިޔާއިން ގެންގުޅޭ އުސޫލީ ސިޔާސަތަށް އަރާޣްޗީ ޝުކުރު އަދާކުރެއްވިކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައި.އާރު.އެން.އޭ އިން ރިޕޯޓުކުރެއެވެ.

ޑިޕްލޮމެސީގެ ރޮނގުން އީރާނުގެ ސީރިއަސްކަން ފާހަގަކުރައްވަމުން އަރާޣްޗީ ވަނީ ޤައުމީ ސަލާމަތާއި މަސްލަހަތު ދިފާޢުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އެގޮތުން ހޮރްމޫޒް ކަނޑުއޮޅި ބޭނުންކޮށްގެން އީރާނުގެ ސަލާމަތަށް ނުރައްކާ ކުރުމަށް އެމެރިކާއަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ލެވްރޯފް ވަނީ ސަރަޙައްދީ ޤައުމުތަކުގެ މައްޗަށް ބިނާވާ ސެކިއުރިޓީ ނިޒާމެއް ޤާއިމުކުރުމަށް ކޮންމެ ފަދަ އެހީތެރިކަމެއް ދެއްވަންވެސް ރަޝިޔާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ބޭއްވިފައި މިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަރަޙައްދުގެ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް