ސިލަބައި އިން އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޑިޖިޓަލް ޕްރެކްޓިސް ޕްލެޓްފޯމެއް ތައާރަފުކޮށްފި
ޤައުމީ މަންހަޖާ އެއްގޮތަށް ބައްޓަންކޮށްފައިވާ މި ޕްލެޓްފޯމުން ދަރިވަރުންނަށް ނޯޓްސް ކިޔުމާއި ސުވާލު ފަރިތަކުރުމުގެ ފުރުޞަތު ލިބެއެވެ. ޖަވާބުތަކުގެ ތަފްސީލީ ބަޔާން ހިމެނުމާ އެކު "ގޭމިފައިޑް ލާނިން" ގެ ތަޖުރިބާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ވަސީލަތް ލެޕްޓޮޕް ފޯނު އަދި ޓެބްލެޓުން ބޭނުންކުރެވޭނެއެވެ. ފުރަތަމަ ފިޔަވަހީގައި އިސްކަންދީފައި ވަނީ އިސްލާމް މާއްދާއަށް ކަމަށް ވީ ނަމަވެސް ކުރިއަށް އޮތް ތާނގައި އިތުރު މާއްދާތައް ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ.
އަހުމަދު އާހިލް ސައީދު
ރާއްޖޭގެ އެޑިއުކޭޝަން ޓެކް ކުންފުންޏެއް ކަމަށްވާ ސިލަބައި އިން އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުކޮށްދިނުމަށް "ސިލަބައި އެގްޒާމް ޕްރެޕް" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ސޮފްޓް ލޯންޗުކޮށްފިއެވެ.
ޤައުމީ މަންހަޖާ އެއްގޮތަށް ބައްޓަންކޮށްފައިވާ މި ޕްލެޓްފޯމުން ދަރިވަރުންނަށް ނޯޓްސް ކިޔުމާއި ސުވާލު ފަރިތަކުރުމުގެ ފުރުޞަތު ލިބެއެވެ. ޖަވާބުތަކުގެ ތަފްސީލީ ބަޔާން ހިމެނުމާ އެކު "ގޭމިފައިޑް ލާނިން" ގެ ތަޖުރިބާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ވަސީލަތް ލެޕްޓޮޕް ފޯނު އަދި ޓެބްލެޓުން ބޭނުންކުރެވޭނެއެވެ. ފުރަތަމަ ފިޔަވަހީގައި އިސްކަންދީފައި ވަނީ އިސްލާމް މާއްދާއަށް ކަމަށް ވީ ނަމަވެސް ކުރިއަށް އޮތް ތާނގައި އިތުރު މާއްދާތައް ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ.
ސެޕްޓެމްބަރު 15 ގެ ނިޔަލަށް މި ޕްލެޓްފޯމު އެއްކޮށް ހިލޭ ބޭނުންކުރެވޭ އިރު އެ މުއްދަތަށް ފަހު ވެސް ގިނަ ފީޗާތައް ހިލޭ ދަރިވަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ވެސް ރާއްޖޭގެ 70 އަށް ވުރެ ގިނަ ސްކޫލުގެ ދަރިވަރުން މި ޕްލެޓްފޯމު ބޭނުންކުރަމުން އާދެއެވެ. ކުއިޒްތައް ފުރިހަމަކޮށްގެން ލިބޭ ޕޮއިންޓުން ލީޑަބޯޑުގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވަނީ ހުޅުވާލެވިފައެވެ.
ސިލަބައިގެ ބާނީ ޖުމައިލް ބުނީ "ދަރިވަރުންގެ އަޑު އަހައިގެން މުސްތަގުބަލުގެ ޖީލުތަކަށްވެސް ފައިދާކުރާނެ ފަދަ ވަސީލަތެއް ބިނާކުރުމަކީ އެ ކުންފުނީގެ އަމާޒު" ކަމަށެވެ.
ސިލަބައިގެ ފެށުމަކީ 2018 ވަނަ އަހަރު ސީއެޗްއެސްއީގައި ކިޔެވި ޖުމައިލް އާއި އޭނާގެ ރައްޓެހީންތަކެއް ގުޅިގެން އޭލެވެލް އިސްލާމް މާއްދާއަށް ތައްޔާރުކުރި މޮބައިލް އެޕެކެވެ. އެ ކުންފުނި ރަސްމީކޮށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް