މައިގަނޑު ބަޔަށް ދާން

ހަބަރު

މިނިވަން ދުވަހުގެ ކުރެހުމާއި ފޮޓޯ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން އިންތިޒާމުކުރި މި މުބާރާތުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ޤައުމީ މިނިވަންކަމުގެ ބަތަލުންގެ ޒިކުރާ ދިރުވައި ކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް މިބާވަތުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ވަރަށް މުހިންމު ކަމަށެވެ.

އަހުމަދު އާހިލް ސައީދު

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު؛ ފޮޓޯ / މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު؛ ފޮޓޯ / މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން

މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން އިންތިޒާމުކުރި މި މުބާރާތުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ޤައުމީ މިނިވަންކަމުގެ ބަތަލުންގެ ޒިކުރާ ދިރުވައި ކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް މިބާވަތުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ވަރަށް މުހިންމު ކަމަށެވެ.

މުބާރާތުގައި ހުށަހެޅިފައިވާ މަސައްކަތްތަކުން ދަރިވަރުންނާއި ޒުވާނުންގެ ހިތުގައި ޤައުމާ މެދު އޮތް ފުން ޝުޢޫރުތައް ހާމަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަފީޢު އިތުރަށް ވިދާޅުވި ގޮތުގައި ޤައުމުދެކެ ލޯބިވާ އެކުވެރި އަދި އުފާވެރި މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއެވެ. އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ފާއިތުވި މުއްދަތުގައި ގިނަ މަސައްކަތްތަކެއް ހިންގިފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދައުލަތަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި ޤައުމީ ރޫޙު ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން މެދުނުކެނޑި ކުރިއަށް ގެންދާ ކަން ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.