މައިގަނޑު ބަޔަށް ދާން

ދުނިޔެ

ހޫތީން ސައުދީގެ ވައިގެ ދާއިރާ ނުރައްކާތެރިކަމަށް އިޢުލާންކޮށްފި - މައްކާއާއި މަދީނާ ފިޔަވާ

މައްކާއާއި މަދީނާ ފިޔަވައި ސައޫދީގެ ހުރިހާ ވައިގެ ދާއިރާއެއް ނުރައްކާތެރިކަމަށް އިޢުލާންކޮށް، ތެލުގެ ވަސީލަތްތަކާ ދުރުގައި ތިބުމަށް މުވައްޒަފުންނާއި މަސައްކަތްތެރިންނާއި ރައްޔިތުންނަށް ޔަމަނުގެ ޙޫޘީން އިންޒާރުދީފިއެވެ.

ހޫތީން ސައުދީގެ ވައިގެ ދާއިރާ ނުރައްކާތެރިކަމަށް އިޢުލާންކޮށްފި - މައްކާއާއި މަދީނާ ފިޔަވާ

މައްކާއާއި މަދީނާ ފިޔަވައި ސައޫދީގެ ހުރިހާ ވައިގެ ދާއިރާއެއް ނުރައްކާތެރިކަމަށް އިޢުލާންކޮށް، ތެލުގެ ވަސީލަތްތަކާ ދުރުގައި ތިބުމަށް މުވައްޒަފުންނާއި މަސައްކަތްތެރިންނާއި ރައްޔިތުންނަށް ޔަމަނުގެ ޙޫޘީން އިންޒާރުދީފިއެވެ.

މި އިންޒާރު ޝާއިޢުކޮށްފައިވަނީ ޙޫޘީން ހިންގާ ސަބާ ނޫސް އޭޖެންސީންނެވެ. އެ އޭޖެންސީން ވަނީ ސިފައިންގެ މަސްދަރަކަށް ހަވާލާދީފައެވެ. މި އާ އިންޒާރު ދީފައިވަނީ ސަރަޙައްދުގައި ހަނގުރާމަވެރި ކަންކަން އިތުރަށް ގަދަވަމުންދާ ދުވަސްވަރެއްގައެވެ.

އެ މަސްދަރުން ބުނެފައިވަނީ، "ސައޫދީގެ ވައިގެ ދާއިރާ ސަލާމަތެއް ނޫން، މައްކާއާއި މަދީނާގެ މައްޗަށް ފިޔަވައި" ކަމަށެވެ. "އިންޒާރުދެވިފައިވާ މީހުންނަށް އެއްވެސް ޢުޛުރެއް ނެތް" ކަމަށް ވެސް އެ މަސްދަރުން ބުނެފައިވެއެވެ.

ސައޫދީގެ ބޮޑު ތެލު ކުންފުނި އަރާމްކޯގެ ހިއްސާތައް ވިއްކާލުމަށް ވެސް ޙޫޘީން ވަނީ އެ ކުންފުނީގެ ހިއްސާދާރުންނަށް ގޮވާލާފައެވެ. "ގެއްލުމުން ސަލާމަތްވުމަށް، ލަސްވުމުގެ ކުރިން ހިއްސާތައް ނަގާލުމަށް އަރާމްކޯގެ ހިއްސާދާރުންނަށް އަޅުގަނޑުމެން ނަސޭހަތްތެރިވަން،" އެ މަސްދަރުން ބުނެފައިވެއެވެ. ނަމަވެސް މި އިންޒާރުތަކުގެ ބާވަތާއި އަޅާނެ ފިޔަވަޅުތަކާ ބެހޭ އިތުރު ތަފްސީލެއް ޙޫޘީން ހާމަކޮށްފައެއް ނުވެއެވެ.

މި އިންޒާރުގެ ކުރިން، ސައޫދީގެ ނަޖްރާން ސިޓީގެ ދިރިއުޅޭ ސަރަޙައްދަކަށް ޕްރޮޖެކްޓައިލެއް ވަދެ ހަ މީހަކު ޒަޚަމްވި ކަމަށް ސައޫދީ ސިވިލް ޑިފެންސުން ބުނެފައިވެއެވެ. ޚަމީސް މުޝައިތަށް ޙޫޘީން ވިހުރުވާލި ދެ ބެލިސްޓިކް މިސައިލް މެދުކަނޑާލައި ހަލާކުކޮށްލި ކަމަށް ސައޫދީގެ ލީޑަރޝިޕްގައި ހިނގާ އިއްތިޙާދުން ވެސް އިޢުލާންކޮށްފައިވެއެވެ.

އޮކްޓޫބަރު މަހުގެ ފެށުމުން ފެށިގެން ސައޫދީ އިއްތިޙާދާއި ޙޫޘީންގެ ދެމެދު ޓެންޝަން ބޮޑުވަމުން އަންނައިރު، ޙޫޘީންގެ ޤާބިލުކަން ލަނޑުދޭނުމަށް "ބޮޑު ފެންވަރުގެ ހަމަލާއެއް" ފަށާފައިވާ ކަމަށް އެ އިއްތިޙާދުން އިޢުލާންކޮށްފައިވެއެވެ. ޙޫޘީން ވެސް ވަނީ ސައޫދީގެ އެއާޕޯޓުތަކާއި ވަސީލަތްތަކަށް މިސައިލާއި ޑްރޯނުން ހަމަލާދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.