މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލޭގެ ޕްރޮޕަޓީ 99 އަހަރު ހަމަވުމުން ވިއްކަންޖެހޭނީ ސަރުކާރަށް: ރައީސް

އީގަލް ހިލްސް މަޝްރޫޢުގެ ދަށުން ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް އެތަންތަން އެހެން ފަރާތަކަށް ވިއްކުމުގެ ފުރުޞަތު ނުލިބޭނެ ކަމަށާއި، އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ޕްރޮޕަޓީ 99 އަހަރު ހަމަވުމުން ވިއްކަންޖެހޭނީ ސަރުކާރަށް: ރައީސް

އީގަލް ހިލްސް މަޝްރޫޢުގެ ދަށުން ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް އެތަންތަން އެހެން ފަރާތަކަށް ވިއްކުމުގެ ފުރުޞަތު ނުލިބޭނެ ކަމަށާއި، އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މި ވާހަކަފުޅު ދެއްކެވީ، ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައެވެ. ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކަށް ރިޢާޔަތްކުރައްވައި ރައީސް ވިދާޅުވީ، މުއްދަތު ހަމަވުމުން ވެސް އެ ޕްރޮޕަޓީތައް ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށެވެ.

އެ ޕްރޮޕަޓީތަކާ ގުޅޭ ކޮންމެ މުޢާމަލާތަކުން ވެސް ފައިދާ ލިބޭނީ ސަރުކާރަށް ކަމަށާއި، އެކަމުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން. ސަރުކާރުން ދެންއެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ހިއްކިއިރު ރޭވުންތެރިކަމާއެކު މަސައްކަތް ނުކުރެވުމުން، ބްރިޖު މަޝްރޫޢު ނިމެންދެން އެ ރަށަށް އިންވެސްޓްމަންޓު ނައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ކުށް ރަސްމާލޭގައި ތަކުރާރު ނުކުރުމަށްޓަކައި، ރައްޔިތުންނަށް ދޫކުރާ ގޯތިތަކާއި ފްލެޓުތަކުގައި ދިރިއުޅެވޭނެ ފަދަ ތަރައްޤީއާއި އިންވެސްޓްމަންޓު ގެނައުމަށްފަހު މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށާއި، އީގަލް ހިލްސްގެ މަޝްރޫޢަކީ ކުރު މުއްދަތެއްގައި ރަސްމާލޭގެ ތަރައްޤީ ޙަޤީޤަތަކަށް ހަދާނެ މުހިންމު މަޝްރޫޢެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުންތައް ހުރި ނަމަވެސް، ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލާ ވާހަކަ ފަތުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ކަންބޮޑުވުން ހުރި ރައްޔިތުންނަށް ފުރިހަމަ މަޢުލޫމާތު ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި، މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ނުހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.