ޗައިނާ ސަރުކާރުން 880 ސޯލާ މަގުބައްތި ރާއްޖެއާ ހަވާލުކޮށްފި
ރާއްޖެ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫޢެއްގެ ދަށުން ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން 880 ސޯލާ މަގުބައްތި މިއަދު ރާއްޖެއާ ހަވާލުކޮށްފިއެވެ.
ރާއްޖެ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫޢެއްގެ ދަށުން ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން 880 ސޯލާ މަގުބައްތި މިއަދު ރާއްޖެއާ ހަވާލުކޮށްފިއެވެ.
މަގުބައްތިތައް ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ނަމުގައި ސޮއިކުރެއްވީ ބިނާއާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެ ޤައުމުގެ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި ބައްތިތައް ރާއްޖެއަށް ލިބިގެން ދިޔައީ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫޢުގެ ދަށުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ކޮންގް ވިދާޅުވީ، މަގުބައްތި ހަދިޔާކުރުމަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސާ ދެމެދު މިދިޔަ އަހަރު ބޭއްވުނު ބައްދަލުވުމުގައި ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ލިބޭ ބައްތިތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވި ގޮތުގައި، އާ ބައްތިތަކާއެކު އިތުރު ރަށްރަށުގައި ވެސް މަގުބައްތި ހަރުކުރެވި، ރާއްޖެ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ސަރުކާރުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެއެވެ.
މީގެ ކުރިން ޗައިނާއިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ވަނީ ތިން ރަށެއްގައި ހަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް