މައިގަނޑު ބަޔަށް ދާން

ހަބަރު

ޕީސީބީން ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން ޢައްޔަންކޮށްފި

ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކޮށްފައިވާ ކަމަށް ޕީސީބީން މިއަދު ބުނެފިއެވެ.

ޕީސީބީން ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން ޢައްޔަންކޮށްފި

ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކޮށްފައިވާ ކަމަށް ޕީސީބީން މިއަދު ބުނެފިއެވެ.

ޕީސީބީން ބުނެފައިވާ ގޮތުގައި މެންބަރުން ޢައްޔަންކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އިތުރުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

އެސްޓީއޯގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ގ. މާޅިކަ އަޙްމަދު އިމްދާޙް މުޙައްމަދެވެ. ސަރުކާރުގެ ބޭސް ކުންފުނި ކަމަށްވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ގދ. ތިނަދޫ ޕެންޒީމާގެ އިސްމާޢީލް ފަރުހާދު އަޙްމަދެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ މ. އަހުލިހަ މުޙައްމަދު އަރީޝެވެ. އޭނާއަކީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރެކެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އަރީޝް ވާދަކުރި ނަމަވެސް ބޮޑު ތަފާތަކުން އޭނާ ނާކާމިޔާބުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.