މައިގަނޑު ބަޔަށް ދާން

ހަބަރު

އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ ޚިދުމަތް މަހަކަށްވުރެ ގިނަ ދުވަހު މެދުކަނޑާލައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މައި އެކްސްރޭ މެޝިން ހަލާކުވުމުން، ހަމައެކަނި އިމަޖެންސީ ބަލިމީހުންނަށް ފިޔަވައި އެ ޚިދުމަތް ދިނުން މަހަކަށްވުރެ ގިނަ ދުވަހު ހުއްޓިފައިވާތީ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ދިމާވެއްޖެ ކަމަށް ރައްޔިތުން ބުނެފިއެވެ.

ހޮސްޕިޓަލުން ބުނީ މެޝިނަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން، މިހާރު އެކްސްރޭ ނަގައިދެނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ގެންނަ ބަލިމީހުންނަށް އެކަނި ކަމަށެވެ. އޯޕީޑީއިން ޑޮކްޓަރަށް ދައްކައިގެން ޢާންމު އުސޫލުން އެކްސްރޭ ނަގަންޖެހޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ހާލަތުގައި އެކްސްރޭ ނަގަން ރައްޔިތުން ކަނޑުމަތިން ދާންޖެހެނީ ކައިރީގައި އޮންނަ ރ. ދުވާފަރު ޞިއްޙީ މަރުކަޒަށެވެ. އެތަނުން އެކްސްރޭ ނަގައިގެން، ރިޕޯޓު ދައްކަން އަނބުރާ އުނގޫފާރަށް އަންނަންޖެހުމުން ވަގުތާއި ފައިސާއިން ބޮޑު ޚަރަދެއް ހިނގަމުންދާ ކަމަށް ރައްޔިތުން ބުނެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރ. އަތޮޅާއި ކައިރި އެހެން އަތޮޅުތަކުގެ ގިނަ ބަޔަކު ޞިއްޙީ ޚިދުމަތް ހޯދާ މައި ހޮސްޕިޓަލަކަށް ވާތީ، މި މައްސަލަ އަވަހަށް ހައްލުކުރަން ޖެހޭކަން ޢާންމުން ފާހަގަކުރެއެވެ.

ހަލާކުވި މެޝިނުގެ ބަދަލުގައި އާ މެޝިނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އާ މެޝިން ލިބި، ހަރުކޮށް، ކުރީގެ ގޮތަށް ޢާންމުކޮށް އެކްސްރޭ ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.