މައިގަނޑު ބަޔަށް ދާން

ހަބަރު

ސަރުކާރުގެ ތިން ބާރުގެ އިމާރާތްތަކުގައި ރޯކުރަން ގޮވާލި ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި އަލިފާން ރޯކުރަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރެއް މިއަދު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.

ސަރުކާރުގެ ތިން ބާރުގެ އިމާރާތްތަކުގައި ރޯކުރަން ގޮވާލި ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި އަލިފާން ރޯކުރަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރެއް މިއަދު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ ފަސްޓް ލެފްޓިނަންޓް ޒިހާން ހަސަނެވެ. އޭނާ ހައްޔަރުކުރިއިރު ހުރީ ފުވައްމުލަކުގައި ކަމަށް އެނގިފައިވެއެވެ.

ޒިހާން ޖެހި ޕޯސްޓުގައި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓުގައި އަލިފާން ރޯނުކުރަނީ ކީއްވެތޯ ސުވާލުކޮށް، އެކަން ކުރުމަށް ހިތްވަރުދީފައިވެއެވެ. އެ ސްޓޭޓަސްގައި އޭނާ ބުނެފައިވަނީ "[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" ކަމަށެވެ.

އެހެންނަމަވެސް، ޕޯސްޓު ޖެހުމަށްފަހު ގަޑިއިރެއް ފަހުން ޒިހާން އެ ޕޯސްޓު ޑިލީޓްކޮށްފައިވެއެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔެވުމަށްފަހު ޒިހާން އެމްއެންޑީއެފްގައި މަސައްކަތްކުރީ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައެވެ. ސިފައިންގެ ޚިދުމަތުން އޭނާ ވަކިކުރީ ކުރީގެ ސަރުކާރުގެ ފަހުކޮޅުގައެވެ. ދެން މި ސަރުކާރުން އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޢައްޔަންކުރި ނަމަވެސް، ފަހުން އެ މަގާމުން ވަކިކުރުމާއެކު އޭނާ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.