ހަބަރު

ކުނީގެ މައްސަލައިގައި ވެމްކޯ ފެއިލްވެ ސަރުކާރުގެ ނާގާބިލުކަން ހާމަވޭ: މޭޔަރު

Kuneege massalaigai Wamco fail ve sarukaaruge naagabilukan haama vey: Mayor

Ahmed Aahil Saeed

29 July 2026

0
ކުނީގެ މައްސަލައިގައި ވެމްކޯ ފެއިލްވެ ސަރުކާރުގެ ނާގާބިލުކަން ހާމަވޭ: މޭޔަރު

މޭޔަރު އާޒިމް ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީޕީ

މާލޭ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ފާހަގަކުރެއްވީ ގޭބިސީތަކުން ކޮންމެ ދުވަހަކު އުފެދޭ ކުނި ނައްތާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެ ޒިންމާ ހަވާލުކޮށްފައިވާ ކުންފުނީގެ ފަރާތުން ފެންނަނީ އިހުމާލު ކަމަށެވެ. މާލެއެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް ހާލަތު ގޯސްވެ މަގުމައްޗަށް ޖަމާވާ ކުނިތައް ނެގުމުގެ ބުރަ އުފުލަން ޖެހެނީ ކައުންސިލަށް ކަމަށާއި އެ ކަމުގެ ސަބަބުން ކައުންސިލްގެ ބަޖެޓަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ތިލަފުށީގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މާލެ ސަރަހައްދުގައި ކުނި ނުނެގި ފުނިޖެހެމުންދާ މައްސަލަ 2014 ގެ ފެނުގެ ކާރިސާއާ އެއްވަރުގެ ހާލަތެއް ކަމަށް ސިފަކުރައްވައި ވެމްކޯގެ މެނޭޖްމަންޓް ފެއިލްވެފައިވާ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ފާހަގަކުރެއްވީ ގޭބިސީތަކުން ކޮންމެ ދުވަހަކު އުފެދޭ ކުނި ނައްތާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެ ޒިންމާ ހަވާލުކޮށްފައިވާ ކުންފުނީގެ ފަރާތުން ފެންނަނީ އިހުމާލު ކަމަށެވެ. މާލެއެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް ހާލަތު ގޯސްވެ މަގުމައްޗަށް ޖަމާވާ ކުނިތައް ނެގުމުގެ ބުރަ އުފުލަން ޖެހެނީ ކައުންސިލަށް ކަމަށާއި އެ ކަމުގެ ސަބަބުން ކައުންސިލްގެ ބަޖެޓަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ މީހުން ގަސްދުގައި ކުރާ ކަމެކޭ މިއީ މާލެތެރެ ހަޑިކުރަން އަޅުގަނޑުމެން ކައުންސިލް ބަދުނާމު ކުރަން" ވެމްކޯއަށް ނިސްބަތްކުރައްވައި އާޒިމް ވިދާޅުވި އެވެ.

ތިލަފުށީގައި އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދާ ގޮތަށް ރާވާފައިވާ ކަމަށް ފާހަގަކުރައްވައި މާލޭގައި އުފެދޭ ކުނި ދުރު ރަށަކަށް ގެންގޮސް ނައްތާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ކެތްނުކުރެވޭ ވަރުގެ ޚަރަދެއް ހިނގާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. ތިލަފުށީގައި ރޯވުމަކީ މާލޭގެ ކުނި ނުގެންދެވެންވީ ސަބަބެއް ނޫން ކަމަށާއި ވަގުތުން އެހެން އިންތިޒާމެއް ހަމަޖެއްސުން ލާޒިމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނި އުކާލުމާއި ފެނާއި ކަރަންޓް ފޯރުކޮށްދޭ ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގައި ސިޓީ ކައުންސިލްގެ ފަރާތުން މެންބަރެއް ނުވަތަ ސިވިލް ސާވިސް މުވައްޒަފެއް ނަމަވެސް ބައިވެރިވާން ޖެހޭނެ ކަމަށް މޭޔަރު ގޮވާލެއްވި އެވެ. ލާމަރުކަޒީ ގާނޫނުން އެ ޚިދުމަތްތައް ބެލެހެއްޓުން ކައުންސިލަށް ލާޒިމުކޮށްފައި އޮތް އިރު އެ ކުންފުނިތަކުގެ ނިންމުންތައް ނޭނގި ތިބެން ޖެހުމުން ކާރިސީ ހާލަތެއްގައި ރައްޔިތުންނަށް އެހީތެރިވާން ދަތިވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ނިޔަތެއް ނެތް ރަނގަޅު ކުރުމަށް. އޮތް ނަމަ ފުރަތަމަ ކަމަކަށް އެ މީހުން ބްރީފްކޮށްދޭން ޖެހޭނެ ރައްޔިތުންނަށް ވެމްކޯ އާއި އަޅުގަނޑުމެންނާ ސިޓް ކޮށްގެން ބްރީފްކޮށްދޭން ޖެހޭނެ މިއަދު އެތަނުގެ ހާލަތު އޮތީ މިހެން ކަމަށް." އާޒިމް ވިދާޅުވި އެވެ.

ހިމަބިއްސާއި ޑެންގީ ފަދަ ބަލިތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ކުނީގެ މައްސަލައަށް ހައްލެއް ނުހޯދެނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށް ސިފަކުރައްވައި މައްސަލައަށް ހައްލެއް ލިބެންދެން ވެމްކޯއާ މަޝްވަރާ ކުރިއަށް ގެންދަވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. ވެމްކޯ ފަދަ ކުންފުންޏެއްގައި ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް އޮންނަން ޖެހޭ ކަމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ކައުންސިލަރުން ވެސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް