މައިގަނޑު ބަޔަށް ދާން

ހަބަރު

ރައީސް މުޢިއްޒަށް ޕާކިސްތާނުން ރަސްމީ މަރުޙަބާ - ސޮއިކުރަން ހަމަޖެހިފައި ވަނީ އެތައް އެއްބަސްވުމެއްގައި

ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ޤައުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ. އެ ދަތުރުފުޅު ކުރައްވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށެވެ. މަރުޙަބާ ދެންނެވުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެ ގޯތިތެރޭގައި ދެ ލީޑަރުން ގަހެއް އިންދަވައިދެއްވިއެވެ.

ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް މިއަދު ފެށިގެން ކުރިއަށްދާއިރު، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި އިޤްތިޞާދީ ދާއިރާއާއި ބޭސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތައް ހިމެނެއެވެ.

ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ޚާއްޞަ "އިންވެސްޓްމަންޓް ފޯރަމް" އެއް މާދަމާ ބޭއްވުމަށް ވެސް ތާވަލުކުރެވިފައިވެއެވެ.

އޮކްޓޫބަރު 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅަކީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.