ފިޔޮރީގައި ވެހުނު ބޯ ވާރޭއާއެކު ރަށުގެ ތިންބައިކުޅަ އެއްބައި ގެތަކަށް ގެއްލުން
ގދ. ފިޔޮރީގައި ރޭ ދަންވަރު ހުއްޓުމެއްނެތި ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ ގެތަކަކަށް ފެން ވަދެ، ގޭގޭގައި ހުރި ތަކެތި ހަލާކުވެއްޖެ ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.
ގދ. ފިޔޮރީގައި ރޭ ދަންވަރު ހުއްޓުމެއްނެތި ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ ގެތަކަކަށް ފެން ވަދެ، ގޭގޭގައި ހުރި ތަކެތި ހަލާކުވެއްޖެ ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.
ފިޔޮރީ ކައުންސިލްގެ ރައީސް އަބްދުﷲ މުބާހް ބުނީ ރޭގަނޑު 01:30 ހާއިރު ވާރޭ ވެހެން ފެށި ކަމަށެވެ. ބައެއް ގެތަކަށް ގާތްގަނޑަކަށް އެކުގައި ފެން ވަދެފައިވާ ކަމަށާއި، އެ ގެތަކުގައި ހުރި ފަރުނީޗަރާއި އިލެކްޓްރޯނިކް ތަކެތި ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މުބާހް ބުނާ ގޮތުގައި، މުޅި ރަށަށް ބަލާއިރު ރަށުގެ ތިންބައިކުޅަ އެއްބައި ގެތަކަށް ގެއްލުން ލިބިފައިވެއެވެ.
"ބޮޑު ގެއްލުންތަކެއް އެބަހުރި،" މުބާހް ބުންޏެވެ.
ގެތަކަށް ވަދެފައިވާ ފެން ނައްތާލަމުން ދަނީ ޕަމްޕު ބޭނުންކޮށްގެންނެވެ. އެ މަސައްކަތުގައި ފުލުހުންނާއި ރަށުގައިވާ މުއައްސަސާތަކާއި ރަށުގެ ރައްޔިތުން ގުޅިގެން ހަރަކާތްތެރިވަމުން ދާ ކަމަށް ކައުންސިލް ރައީސް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް