ރައީސް މުޢިއްޒަށް އިސްލާމްއާބާދުގެ ޔުނިވަރސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އޮނަރަރީ ޑޮކްޓަރޭޓެއްގެ ޝަރަފު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އޮނަރަރީ ޑޮކްޓަރޭޓެއްގެ ޝަރަފު އަރުވައިފިއެވެ.
މި ޝަރަފު ރައީސަށް އެރުވީ އައިއައިޔޫއައިގެ ޗާންސެލަރ އަދި ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަންގެ މަޤާމުގައި ހުރި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ ފަރާތުންނެވެ. ޤައުމީ ޚިދުމަތުގައި ރައީސް މުޢިއްޒު ދައްކަވާ ލީޑަރޝިޕާއި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާއި، އިސްލާމީ އުންމަތަށް ފޯރުކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ޝަރަފު އެރުވި ކަމަށް ބުނެފައިވެއެވެ.
ޝަރަފާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވިދާޅުވީ، މިއީ ވަރަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށެވެ. މީގެ 17 އަހަރު ކުރިން ޕީއެޗްޑީ ޙާޞިލުކުރެއްވި ހަނދާންތައް އެ ވަގުތު ހަނދާނަށް އައި ކަމަށާއި، އެ ދުވަހު ޝަރަފުވެރި ޕީއެޗްޑީއެއް ލިބިވަޑައިގަންނަވާނެ ކަމަށް ހިތްޕުޅަށް ނާރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ޝަރަފަކީ ޕާކިސްތާނުގެ ރައްޔިތުންގެ ފަރާތުން ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އެރުވި މަތިވެރި ޢިއްޒަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ދަތުރުގައި ދެ ޤައުމުން ޞިއްޙީ، ތަޢުލީމީ، އިޤްތިޞާދީ އަދި ދިފާޢީ ދާއިރާތަކާ ގުޅޭ 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް