މައިގަނޑު ބަޔަށް ދާން

ހަބަރު

މާލިއްޔަތު ކޮމިޓީން މަޖިލިސް ރައީސްގެ މުސާރަ 95,000 ރުފިޔާއަށް އިތުރުކުރުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް އިތުރުކޮށް، ވަޒީރުންގެ ކާރު އެލަވަންސާއި ރަށު ކައުންސިލަރުންގެ މުސާރަ ވެސް އިތުރުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މަޖިލިސް ރައީސްގެ މުސާރަ 95,000 ރުފިޔާއަށް އިތުރުކުރުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް އިތުރުކޮށް، ވަޒީރުންގެ ކާރު އެލަވަންސާއި ރަށު ކައުންސިލަރުންގެ މުސާރަ ވެސް އިތުރުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އިދާރީ މޭޒުން ބުނީ މިހާރު މަޖިލިސް ރައީސަށް މަހަކު ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާ ކަމަށެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށާއި މެންބަރުންނަށް ލިބޭ އަދަދަށްވުރެ ދަށް އަދަދެއް ކަމަށް އިދާރީ މޭޒުން ބުނެފައިވެއެވެ.

އިދާރީ މޭޒުން ދިން މަޢުލޫމާތުގެ ތެރެއިން، ނައިބު ރައީސަށް މަހަކު 91,000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ކޮމިޓީ އެލަވަންސް ހިމަނައިގެން މެންބަރުންނަށް 82,500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މި ތަފާތު އުފެދިފައިވަނީ މަޖިލިސް ރައީސް ކޮމިޓީތަކުގެ މަސައްކަތުގައި ބައިވެރިވެވަޑައިނުގަންނަވާތީ ކަމަށް އިދާރީ މޭޒުން ބުނެފައިވެއެވެ.

ކޮމިޓީ އެލަވަންސް ދެނީ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވާ މިންވަރަށް ބަލައިގެންނެވެ. ކޮމިޓީ ބައްދަލުވުންތަކުގެ 50 އިންސައްތައާއި 75 އިންސައްތައާ ދެމެދަށް ހާޒިރުވާ މެންބަރުންނަށް 10,000 ރުފިޔާ ލިބޭއިރު، 75 އިންސައްތައަށްވުރެ ގިނައިން ހާޒިރުވާ މެންބަރުންނަށް 20,000 ރުފިޔާ ލިބެއެވެ.

"އެހެންވީމާ މަޖިލިސް ރައީސްގެ މުސާރަ ކުޑަވީމާ މި ޕްރޮޕޯސްކުރަނީ މަޖިލީހުގެ ރައީސްއަށް އެލަވަންސްއެއް ކަނޑައަޅަން." ކަމަށް އިދާރީ މޭޒުން ބުނެފައިވެއެވެ.

މި ފާސްކުރުމާއެކު، މަޖިލިސް ރައީސްގެ މުސާރަ ނައިބު ރައީސަށާއި މެންބަރުންނަށް ލިބޭ އަދަދަށްވުރެ ބޮޑުވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.