މައިގަނޑު ބަޔަށް ދާން

ހަބަރު

ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރަށް ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތުދީފި

ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރާއްޖެ ޒިޔާރަތްކުރުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރަށް ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތުދީފި

ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރާއްޖެ ޒިޔާރަތްކުރުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ދައުވަތު ދެއްވީ، މިއަދު މެންދުރުފަހު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރަށް ފަސޭހަ ވަގުތެއްގައި ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތު ދެއްވި ރައީސް ވިދާޅުވީ، ޕާކިސްތާނުން އެމަނިކުފާނަށް ވަރަށް ފުރިހަމަ މެހެމާންދާރީއެއް ދިން ކަމަށާއި، ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ރާއްޖެ އޮތީ އިންތިޒާރުގައި ކަމަށެވެ.

ބޮޑުވަޒީރާއެކު ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު، މަސްވެރިކަން، ދަނޑުވެރިކަމާއި ދިފާޢީ ދާއިރާ ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ޤައުމުން އެކި ދާއިރާތަކުގެ 20 ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. އެއްބަސްވުންތައް ޢަމަލީ ގޮތުން ތަންފީޛުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ރައީސް ވިދާޅުވީ، އެ އެއްބަސްވުންތަކުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ފްލައިޓުތައް ފެށުމަށް ކުރަމުންދާ މަޝްވަރާތަކާ މެދު ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށާއި، އެކަމުން ފަތުރުވެރިކަމަށް އާ ދޮރުތަކެއް ހުޅުވި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބޮޑުވަޒީރު ޝަރީފް ބުނީ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އިޤްތިޞާދީ ގުޅުމަކީ ދެ ޤައުމުގެ ޤާބިލުކަން ހުރި މިންވަރު ނޫން ކަމަށެވެ. ރާއްޖެއިން ބޭނުންވެއްޖެނަމަ އިތުރު ޞިއްޙީ ޚިދުމަތްތެރިން ފޮނުވަން ތައްޔާރު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރައީސް ޕާކިސްތާނަށް މި ދަތުރުފުޅު ކުރައްވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. މި ދަތުރުފުޅަކީ ވޭތުވެދިޔަ 60 އަހަރުގެ އެކުވެރިކަން ފާހަގަކުރުން އެކަނި ނޫން ކަމަށާއި، މުސްތަޤްބަލުގައި އިތުރަށް ވަރުގަދަ ގުޅުމެއް ބިނާކުރުމަށް ލިބުނު ފުރުޞަތެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.