މައިގަނޑު ބަޔަށް ދާން

ހަބަރު

ގްރޫޕަކުން ޖިންސީ ގޯނާކުރި މައްސަލައިގެ ތަޙުޤީޤުގައި ކުޑަކުދިންގެ މައްސަލަތައް ފާހަގަކޮށްފި

ދެކުނުގެ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކުރި މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، އަންހެނާއަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ކަމަށެވެ. އެ ހާދިސާ ހިނގީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައެވެ.

ދެކުނުގެ ރަށެއްގައި ގްރޫޕަކުން އަންހެނަކު "ރޭޕް" ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން، ފުލުހުން ވަނީ މި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން އެއް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ތުހުމަތުތަކުގެ ސަބަބުން، އެ މައްސަލަ ބަލަމުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.