ވީއައިއޭގެ ޓާމިނަލް 2 އިން ބައިނަލްއަޤުވާމީ 10 އެއާލައިނަކަށް ޚިދުމަތްދޭން ފަށަނީ
ފިނިމޫސުމާ ގުޅިގެން ފަތުރުވެރިން ގިނައިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭތީ، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 އަށް ގެންދިއުމަށް އެމްއޭސީއެލުން ނިންމައިފިއެވެ.
ފިނިމޫސުމާ ގުޅިގެން ފަތުރުވެރިން ގިނައިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭތީ، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 އަށް ގެންދިއުމަށް އެމްއޭސީއެލުން ނިންމައިފިއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި، މި އާ އިންތިޒާމު ފެށޭނީ އަންނަ އާދީއްތަ ދުވަހުންނެވެ. މިހާތަނަށް ޓާމިނަލް 2 ބޭނުންކުރަމުން އައީ އެކަނި ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށެވެ.
މި އެއާލައިންތަކުން ދަތުރުކުރާ މީހުން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށް އެމްއޭސީއެލުން އެދިފައިވެއެވެ. އަދި ފުރުމުގެ މަރުހަލާތައް ފަސޭހައިން ނިންމުމަށްޓަކައި ފުދޭވަރަކަށް ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް ވެސް އެ ކުންފުނިން ދަތުރުވެރިންނަށް ގޮވާލާފައިވެއެވެ.
އެމްއޭސީއެލުން ބުނީ، މި ބަދަލާއެކު ފަތުރުވެރިކަމުގެ ހަލަބޮލި މޫސުމުގައި އެއާޕޯޓުގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤުވާމީ ދަތުރުތަކަށް ޚިދުމަތް ދެވޭނެ ކަމަށެވެ. އޭގެ ސަބަބުން އިތުރު ޖާގައާއި އިތުރު ޗެކްއިން ކައުންޓަރުތައް ލިބި، ދަތުރުވެރިންނަށް ފަސޭހަ ޚިދުމަތެއް ދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ރާއްޖެ އަންނަ އަދި ފުރާ ހުރިހާ މީހުންނަށް ރައްކާތެރި، އަމާން އަދި ހިތްފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްވެސް ދެމިތިބޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ޓާމިނަލް 1 ގެ ޑިޕާޗަރ ހޯލުގައި 47 ޗެކްއިން ކައުންޓަރާއި، ސެލްފް ޗެކްއިން ކުރެވޭ ހަ ކިއޮސްކް ހުރެއެވެ. ޓާމިނަލް 2 ގައި 27 ޗެކްއިން ކައުންޓަރު ހުރިއިރު، އެ ޓާމިނަލުގެ ބެގޭޖް ބެލްޓު އެކެއްގެ ބަދަލުގައި ތިނަކަށް އިތުރުކޮށްފައިވެއެވެ. އެއާލައިންތަކުގެ ޓިކެޓިންގ ކައުންޓަރުތައް ފަރުމާކޮށްފައިވަނީ ޓާމިނަލުގެ އެތެރެއިންނާއި ބޭރުން ވެސް ފަސޭހައިން ޚިދުމަތް ހޯދޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް