މައިގަނޑު ބަޔަށް ދާން

ހަބަރު

ބޯވާރޭގެ ސަބަބުން ފިޔޯރީގެ ގާތްގަނޑަކަށް %90 ގެއަށް ފެންވަދެއްޖެ

ގދ. ފިޔޯރީއަށް ރޭ ދަންވަރު ފެށިގެން ނުހުއްޓި ވެހުނު ބޯވާރޭގެ ސަބަބުން، އެ ރަށުގެ ގާތްގަނޑަކަށް 90 އިންސައްތަ ގެއަށް ފެންވަދެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

ބޯވާރޭގެ ސަބަބުން ފިޔޯރީގެ ގާތްގަނޑަކަށް %90 ގެއަށް ފެންވަދެއްޖެ

ގދ. ފިޔޯރީއަށް ރޭ ދަންވަރު ފެށިގެން ނުހުއްޓި ވެހުނު ބޯވާރޭގެ ސަބަބުން، އެ ރަށުގެ ގާތްގަނޑަކަށް 90 އިންސައްތަ ގެއަށް ފެންވަދެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާ ގޮތުގައި، ފިޔޯރީއަށް ވާރޭ ވެހެން ފެށީ ރޭ ދަންވަރު 1:30 ހާއިރުއެވެ. ވާރޭ މެދުނުކެނޑި ވެހުމުން މުޅި ރަށުގައި ފެންބޮޑުވެ، ކުރު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ގެތަކަކަށް ފެންވަދެފައިވެއެވެ.

ގެތަކަށް ގެއްލުން ލިބުނު ނަމަވެސް، ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވެގެން އެއްވެސް ގެއަކުން މީހުން ބާލަން ޖެހިފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް، ރަށު ކައުންސިލާ ގުޅިގެން އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ފިޔޯރީ ކައުންސިލުގެ ރައީސް ޢަބްދުﷲ މުބާޙް ބުނީ، ރަށަށް ވެހޭ ވާރޭ އަދިވެސް ހުއްޓިފައި ނުވާ ކަމަށެވެ. ރަށުތެރޭގައި ބޮޑުވެފައިވާ ފެން ހިންދުމަށް ޕަންޕު ބޭނުންކުރުމުގެ އިތުރުން، ފެން މޫދަށް ފައިބާނެ ގޮތަށް ކޯރު ކަނޑައިގެން ވެސް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

މުބާޙް ބުނީ، ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، ރަށުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. މި މަސައްކަތުގައި ރަށުގެ ހުރިހާ މުއައްސަސާއަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކައުންސިލުގެ ރައީސް ބުނި ގޮތުގައި، މީގެ ކުރިން ފިޔޯރީގައި މި މިންވަރަށް ފެންބޮޑުވެފައިވަނީ 2019 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.