މައިގަނޑު ބަޔަށް ދާން

ހަބަރު

ފަސްޓްލޭޑީ ސާޖިދާ ޕާކިސްތާނުގެ ބޭސް ރެގިއުލޭޓަރީ އިދާރާ ޑްރެޕަށް ޒިޔާރަތްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ޕާކިސްތާން ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ފަސްޓްލޭޑީ، އެ ޤައުމުގައި ބޭހާއި ފަރުވާގެ ފެންވަރާއި ރައްކާތެރިކަން ބަލަހައްޓާ އިދާރާއަށް ޒިޔާރަތްކުރައްވައިފިއެވެ.

ފަސްޓްލޭޑީ ސާޖިދާ ޕާކިސްތާނުގެ ބޭސް ރެގިއުލޭޓަރީ އިދާރާ ޑްރެޕަށް ޒިޔާރަތްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ޕާކިސްތާން ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ފަސްޓްލޭޑީ، އެ ޤައުމުގައި ބޭހާއި ފަރުވާގެ ފެންވަރާއި ރައްކާތެރިކަން ބަލަހައްޓާ އިދާރާއަށް ޒިޔާރަތްކުރައްވައިފިއެވެ.

ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ޒިޔާރަތްކުރެއްވީ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށެވެ. މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

ޒިޔާރަތުގައި ޑްރެޕްގެ މައިގަނޑު މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ފަސްޓްލޭޑީއާ ޙިއްޞާކޮށްފައިވެއެވެ. އާންމު ސިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފުސީލު ވެސް އެކަމަނާއަށް ދީފައިވެއެވެ.

ޑްރެޕަކީ 2012 ވަނަ އަހަރު ފާސްކުރި ޤާނޫނެއްގެ ދަށުން އުފެއްދި މުސްތަޤިއްލު އިދާރާއެކެވެ. އިސްލާމްއާބާދުގައި ހިންގާ އެ އިދާރާގެ މައިގަނޑު ޒިންމާއަކީ ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި މެޑިކަލް ސާމާނު، އަދި އެ ޤައުމުގައި ދެވޭ އެކި ބާވަތުގެ ފަރުވާތަކާއި އޭގެ ވަސީލަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކޮށް ރެގިއުލޭޓްކުރުމެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ދެ ޤައުމުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، ރާއްޖެއިން ބޭނުންވެއްޖެނަމަ އިތުރު ސިއްޙީ ޚިދުމަތްތެރިން ފޮނުވަން ތައްޔާރު ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.