ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު 74,494 އަށް އަރައިފި
އިސްތިޢުމާރީ އިޒްރޭލުން ޣައްޒާއަށް ދެކޮޅަށް ހިންގަމުންދާ ގަތުލުޢާންމުގައި މަދުވެގެން 74,494 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އިސްތިޢުމާރީ އިޒްރޭލުން ޣައްޒާއަށް ދެކޮޅަށް ހިންގަމުންދާ ގަތުލުޢާންމުގައި މަދުވެގެން 74,494 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި 175,604 މީހަކު އަނިޔާވެފައިވެއެވެ.
ހަނގުރާމަ ހުއްޓައިލުމަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެވުނު ކަމަށް ބުނާ އެއްބަސްވުމުގެ ފަހުން ވެސް 1,534 ފަލަސްޠީނު ރައްޔިތަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެ މުއްދަތުގައި 5,486 މީހަކު އަނިޔާވެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިކޮތަޅުތަކުގެ ދަށުން 846 ހަށިގަނޑެއް ނަގާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތު މިނިސްޓްރީގެ މަޢުލޫމާތުގައިވާ ގޮތުން، ފަހު 24 ގަޑިއިރުގެ ތެރޭގައި ހަތް މީހަކު ޝަހީދުވެ، 24 މީހަކު އަނިޔާވެފައިވެއެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޣައްޒާގައި ފަލަސްޠީނު ރައްޔިތުން މަރުވުމާއި އަނިޔާވުން ނުހުއްޓި ކުރިއަށްދާކަން ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް