މައިގަނޑު ބަޔަށް ދާން

ހަބަރު

އިންޑިއާ ނޭވީގެ ތިން އުޅަނދެއް ތަމްރީނަށް މާލެ ބަނދަރުކޮށްފި

ދިވެހި އަސްކަރިއްޔާއާ ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް، ޤައުމުން ބޭރަށް ކުރާ ތަމްރީނު ދަތުރެއްގެ ތެރެއިން އިންޑިއާގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މާލެ ބަނދަރުކޮށްފިއެވެ.

އިންޑިއާ ނޭވީގެ ތިން އުޅަނދެއް ތަމްރީނަށް މާލެ ބަނދަރުކޮށްފި

ދިވެހި އަސްކަރިއްޔާއާ ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް، ޤައުމުން ބޭރަށް ކުރާ ތަމްރީނު ދަތުރެއްގެ ތެރެއިން އިންޑިއާގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މާލެ ބަނދަރުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، މާލެ އައި އުޅަނދުތަކަކީ އިންޑިއަން ނޭވީގެ ފަސްޓް ޓްރެއިނިންގ ސްކޮޑްރަންގެ އައިއެންއެސް ތީރާއާއި އައިއެންއެސް ސުޖާތާއާއި، އައިސީޖީއެސް ސާރަތީއެވެ.

އެ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ސިފައިން ގުޅިގެން ޚާއްޞަ ތަމްރީނުތަކެއް ހިންގުމެވެ. މި ދަތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ޚާއްޞަކޮށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ވެސް ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އުޅަނދުތައް މާލެ ބަނދަރުކުރުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެ އުޅަނދުތަކަށް މަރުޙަބާ ކިޔާފައިވެއެވެ.

ރާއްޖެއާއި އިންޑިއާގެ ސިފައިން ގުޅިގެން އެންމެ ފަހުން އަސްކަރީ ތަމްރީނެއް ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ އިތުރުން، ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާ ގުޅިގެން "ދޯސްތީ" ނަމުގައި ކޮންމެ އަހަރަކު އަސްކަރީ ތަމްރީނުތަކެއް ހިންގަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.