ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަނިކޮށް ޤާޟީ އިޙްސާން ފަނޑިޔާރުކަމުން ވަކިވެއްޖެ
ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖޭއެސްސީން ތަޙްޤީޤުކުރަމުން ދަނިކޮށް، ސިވިލް ކޯޓުގެ ޤާޟީއަކު މިއަދު ފަނޑިޔާރުކަމުން އިސްތިޢުފާދީފިއެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖޭއެސްސީން ތަޙްޤީޤުކުރަމުން ދަނިކޮށް، ސިވިލް ކޯޓުގެ ޤާޟީއަކު މިއަދު ފަނޑިޔާރުކަމުން އިސްތިޢުފާދީފިއެވެ.
އިސްތިޢުފާދީފައިވަނީ ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާންއެވެ. އޭނާ އިސްތިޢުފާދީފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަށަވަރުކޮށްދީފައިވެއެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި، އިޙްސާންގެ އިސްތިޢުފާގެ ސިޓީ އެ ކޮމިޝަނަށް ލިބިފައިވަނީ މިއަދުއެވެ. އެހެންކަމުން، މިއަދުން ފެށިގެން އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
އިޙްސާން އިސްތިޢުފާދިން ނަމަވެސް، އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
އިޙްސާންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުމާ ގުޅިގެން، މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ޖޭއެސްސީން އޭނާ 60 ދުވަހަށް ސަސްޕެންޑްކޮށްފައިވެއެވެ. އޭނާ އިސްތިޢުފާދީފައިވަނީ އެ ސަސްޕެންޝަންގެ މުއްދަތު ހަމަނުވަނީސް، އަދި މައްސަލައިގެ ތަޙްޤީޤު ޖޭއެސްސީން ކުރިއަށް ގެންދަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް