މައިގަނޑު ބަޔަށް ދާން

ހަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު ރައީސް މުޢިއްޒުގެ ޝަރަފުގައި މެންދުރުގެ ކެއުމެއް ދީފި

ޕާކިސްތާނުގެ ބޮޑުވަޒީރު، އެ ޤައުމަށް ދަތުރުފުޅެއްގައި ވަޑައިގެންނެވި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ރައީސް މުޢިއްޒުގެ ޝަރަފުގައި މެންދުރުގެ ކެއުމެއް ދީފި

ޕާކިސްތާނުގެ ބޮޑުވަޒީރު، އެ ޤައުމަށް ދަތުރުފުޅެއްގައި ވަޑައިގެންނެވި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފް ދިން މި ފަރިއްކޮޅުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި އެހެނިހެން އިސް އޮފިޝަލުން ވެސް އެ ފަރިއްކޮޅުގައި ބައިވެރިވިއެވެ.

ފަރިއްކޮޅުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ވަރުގަދަކުރުމާއި، އިތުރު ދާއިރާތަކުން އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު ދެ ލީޑަރުން ވާހަކަ ދައްކައިފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ފާހަގަކޮށް، ދެ ޤައުމަށް ވެސް ފައިދާ ކުރާ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ލީޑަރުން އެއްބަސްވެފައިވެއެވެ.

އަދި ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ވެސް ދެ ލީޑަރުން އެއްބަސްވެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.