ޕާކިސްތާނުގެ ރައީސް ދިން ރަސްމީ ޖާފަތުގައި ރައީސް މުޢިއްޒާއި ސާޖިދާ ބައިވެރިވެއްޖެ
ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ޝަރަފުގައި، ޕާކިސްތާނުގެ ރައީސް ދިން ރަސްމީ ޖާފަތުގައި ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތް ދީފައިވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއެވެ. ޖާފަތް ބޭއްވުނީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން އީ ސަދްރުގައެވެ.
ފަރިއްކޮޅުގައި ދެ ޤައުމުގެ ކެބިނެޓުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. އަދި ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން ވެސް ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޕާކިސްތާން ދަތުރުފުޅު ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށެވެ.
މި ދަތުރުފުޅު ކުރައްވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށް 60 އަހަރު ފުރޭ މުނާސަބަތުގައެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1966 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް