މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެ، ފެން ހިންދަން އޮޕަރޭޝަނެއް ފަށައިފި

މިރޭ މެދުނުކެނޑި ވެހުނު ބޯވާރޭގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެފިއެވެ.

ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެ، ފެން ހިންދަން އޮޕަރޭޝަނެއް ފަށައިފި

މިރޭ މެދުނުކެނޑި ވެހުނު ބޯވާރޭގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެފިއެވެ.

މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެން ފެށީ 5:30 ހާއިރުއެވެ. އެއިރުން ފެށިގެން މެދުނުކެނޑި ވާރޭ ވެހެމުންދާއިރު، އާންމުކޮށް ފެންބޮޑުވާ ހުރިހާ ސަރަހައްދެއްގައި ވެސް ކަކުލުން މައްޗަށް ފެން އަރާފައިވެއެވެ.

ގޭގެއާއި ފިހާރަތަކަށް ފެން ވަދެފައިވާތީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ގޭގެއާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވުމަށް އިދާރާތަކުން ވެލިބާސްތާ ޖަހަމުން ދެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި، ސިފައިންނާއި ފުލުހުން، މާލޭ ސިޓީ ކައުންސިލް، އެމްޓީސީސީ، އެޗްޑީސީ އަދި ރެޑް ކްރެސެންޓާ ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވެއެވެ.

ރާއްޖޭގެ ހުޅަނގުން އުފެދޭ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާތީ ކުރާ ވިއްސާރައެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.