މައިގަނޑު ބަޔަށް ދާން

ދުނިޔެ

މެކްސިކޯގެ ދަނޑުތަކުން ޖަނަވާރު ގެންދަނީ ނޭނގޭ ޝިކާރަކުރާ ޖަނަވާރެއް: މައުސަން

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ސަރަޙައްދުގައި މިހާތަނަށް ދެނެނުގަނެވޭ "އާދަޔާ ޚިލާފް ޖަނަވާރެއް" އުޅޭ ކަމަށް ޔޫއެފްއޯތަކާއި އާދަޔާ ޚިލާފް މަޚްލޫޤުން ދިރާސާކުރާ ޖެއިމީ މައުސަން ދަޢުވާކޮށްފިއެވެ.

މެކްސިކޯގެ ދަނޑުތަކުން ޖަނަވާރު ގެންދަނީ ނޭނގޭ ޝިކާރަކުރާ ޖަނަވާރެއް: މައުސަން

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ސަރަޙައްދުގައި މިހާތަނަށް ދެނެނުގަނެވޭ "އާދަޔާ ޚިލާފް ޖަނަވާރެއް" އުޅޭ ކަމަށް ޔޫއެފްއޯތަކާއި އާދަޔާ ޚިލާފް މަޚްލޫޤުން ދިރާސާކުރާ ޖެއިމީ މައުސަން ދަޢުވާކޮށްފިއެވެ.

މައުސަން ބުނާ ގޮތުގައި، މިއީ ދުނިޔޭގައި އާންމުކޮށް ފެންނަ ޖަނަވާރުތަކާ މުޅިން ތަފާތު، ޝިކާރަކުރާ ޖަނަވާރެކެވެ. އެ ސަރަޙައްދުގެ ރައްޔިތުންނަށް ހަވާލާދީ އޭނާ ބުނާ ގޮތުގައި، މި ޖަނަވާރު މެކްސިކޯގެ ރިއޯ ގްރާންޑޭ ސަރަޙައްދުގައިވާ ވެލީ އޮފް ޖުއަރޭޒްގެ ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކުން ކުކުޅާއި ހާ އަދި މުސަޅު މަރައި، އުފުލައިގެން ގެންދެއެވެ.

އޮކްޓޫބަރު 17 ގައި މައުސަންގެ ޓީމުން ޝާއިޢުކުރި ފޮޓޯތަކުގައި ފެންނަނީ ބޮޑެތި ފައިތަކަކާއި ދިގު ނިގުލެއް އޮތް، ދޮން ކުލައިގެ ޖަނަވާރެކެވެ. މި ސަރަޙައްދު ހިމެނޭ ޗިހުއާހުއާ ސްޓޭޓުގައި އާންމުކޮށް އުޅޭ މީދަލާއި ރެކޫން ނުވަތަ މުސަޅާ މި ޖަނަވާރު ވައްތަރެއް ނުވާ ކަމަށް ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުނެއެވެ.

ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ދިރާސާ ޓީމުގެ އެހީތެރިން ބުނެފައިވަނީ، މި ޖަނަވާރު ބޮޑު ފާރަކަށް އަރަމުން ދިޔަ މަންޒަރަށް ބަލާއިރު، އޭގެ ދިގުމިނަކީ ގާތްގަނޑަކަށް ހަ ފޫޓު ކަމަށާއި، އެއިން ތިން ފޫޓަކީ ނިގުލު ކަމަށެވެ. ބިމުގައި ހިނގާ ތަނާއި ފާރަށް އަރާ ތަން ކެމެރާއަށް ފެނުނު ނަމަވެސް، މައުސަން ބުނި ފަދައިން އިންސާނުން ފަދައިން ކޮޅަށް ހުރެ ހިނގާ މަންޒަރެއް އަދި ރެކޯޑުކުރެވިފައެއް ނުވެއެވެ.

މައުސަން މި ޖަނަވާރު ސިފަކުރަނީ ވަރަށް ހުޝިޔާރު، ވިސްނުންތޫނު، އިންސާނުންގެ ބައެއް ސިފަތައް ހުރި އެއްޗެއްގެ ގޮތުގައެވެ. މި ޖަނަވާރު ކުކުޅެއްގެ ބޮލުގައި ހިފައިގެން ގަހަކަށް އަރައިގެން ދިޔަ ތަން ކުޑަކުއްޖަކަށް ފެނުނު ކަމަށް ބުނުމުން އޭނާ މި ތަޙުޤީޤު ފެށީއެވެ.

އޭލިއަންގެ ވާހަކަ ދައްކާ މައުސަން، 2023 ވަނަ އަހަރު ވެސް ދުނިޔެއިން ބޭރުގެ މަޚްލޫޤުން ކަމަށް ބުނެ މެކްސިކޯގެ ކޮންގްރެސްއަށް ދެ "މަމީ" ހުށަހަޅައި، އޭރު ގިނަ ބަޔެއްގެ ފާޑުކިޔުންތަކަށް ލަނޑުދަނޑިވިއެވެ. ޔޫއެފްއޯ ނުވަތަ ބޭރު ދުނިޔޭގެ މަޚްލޫޤުން އުޅޭ ކަމުގެ މާއްދީ ހެއްކެއް ފެނިފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން އަދި އެއްބަސްވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.