މައިގަނޑު ބަޔަށް ދާން

ހަބަރު

އަލައްބާރަށް ފުރައްސާރަކުރުމުން ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށް ހުރަސް އެޅިދާނެ: ނަޝީދު

ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ފުރައްސާރަކުރުމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެފިއެވެ.

އަލައްބާރަށް ފުރައްސާރަކުރުމުން ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށް ހުރަސް އެޅިދާނެ: ނަޝީދު

ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ފުރައްސާރަކުރުމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ސަބަބުން އަލައްބާރަށް ސީދާ ފުރައްސާރަކުރުމުން ރާއްޖޭގައި މިހާރު ހިނގަމުންދާ ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށް ވެސް ނޭދެވޭ އަސަރު ކުރެވި، އެ މަސައްކަތްތައް ހުއްޓިދާނެ ކަމަށެވެ.

އެ މަޝްރޫޢާ ބެހޭގޮތުން ޕާޓީން ރަސްމީ ބަޔާނެއް ވެސް ނެރެފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"މެންބަރުންނަށް ދަންނަވާލަން ބޭނުން. އަލީ އާޒިމް ޕާޓީއިން ވަކިކުރީ މަޖިލިސްގެ މެންބަރަކަށް ހުންނަވާ ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން. އީގަލް ހިލްސް ކަންތަކާ ގުޅޭ ގޮތުން ޕާޓީން ވަނީ ބަޔާނެއް ނެރެފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި މެސެޖު ފޮނުއްވާފައިވަނީ، ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމް އިއްޔެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމާ ގުޅިގެންނެވެ. އެ ޤަރާރުގައި އެއްބަސްވުމާ ދެކޮޅަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.

ޕާޓީން ނެރުނު ބަޔާނުގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް އެމްޑީޕީން މަރުޙަބާ ކިޔާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެ ޕާޓީން އެދިފައިވެއެވެ. މިކަމާ ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ އެއްބަސްވުމުގެ މަޢުލޫމާތު މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.