މައިގަނޑު ބަޔަށް ދާން

ހަބަރު

އެފްޑީސީގެ ޓަވަރުތަކުން 6,917 މައްސަލަ ހުށަހަޅައި، 789 މައްސަލަ އަދިވެސް ބަލަމުން

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ހައުސިންގ ޓަވަރުތަކުގައި އުޅޭ ރައްޔިތުން އެ ކުންފުންޏަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޢަދަދު 6,900 ފަހަނައަޅައި ދިޔަކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެފްޑީސީގެ ޓަވަރުތަކުން 6,917 މައްސަލަ ހުށަހަޅައި، 789 މައްސަލަ އަދިވެސް ބަލަމުން

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ހައުސިންގ ޓަވަރުތަކުގައި އުޅޭ ރައްޔިތުން އެ ކުންފުންޏަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޢަދަދު 6,900 ފަހަނައަޅައި ދިޔަކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 13 އޮކްޓޫބަރު 2026 ވަންދެން އަމާން ދޯދި އަދި އަމާން އުދަރެސް ޓަވަރުތަކުން އެ ކުންފުނީގެ ޕޯޓަލާއި އީމެއިލާއި ރިސެޕްޝަނަށް ޖުމްލަ 6,917 މައްސަލަ ހުށަހަޅާފައިވެއެވެ. އެއިން 6,128 މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި، 789 މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހުށަހަޅާފައިވާ މައްސަލަތައް މައިގަނޑު ތިން ބައަކަށް ބެހިގެންދެއެވެ. އެއީ ޔުނިޓުތަކާ ގުޅޭ މައްސަލަތަކާއި، ޕޯޓަލާއި އިދާރީ ކަންކަމާ ގުޅޭ މައްސަލަތަކާއި، ޢާންމު ޝަކުވާތަކެވެ. ޔުނިޓުތަކާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ފެން ލީކުވުމާއި އެޕާޓްމަންޓްތަކުގެ މެއިންޓެނަންސާ ބެހޭ ކަންކަން ހިމެނެއެވެ.

ޕޯޓަލާއި އިދާރީ މައްސަލަތަކުގެ ގޮތުގައި ފައިސާ ދެއްކުމާއި، މަޢުލޫމާތު އަޕްޑޭޓްކުރުމާއި، ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ކަންކަން ހުށަހަޅާފައިވާ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. ޢާންމު ޝަކުވާތަކުގެ ތެރޭގައި އަޑުގަދަވުމުގެ އުނދަގުލާއި، ޢާންމު ސަރަހައްދުތަކުގެ ލިފްޓްތަކުގެ މެއިންޓެނަންސާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

ދާދިފަހުން އެފްޑީސީން ފާހަގަކޮށްފައިވަނީ ޖުމްލަ 3,926 ފްލެޓުގެ ތެރެއިން 564 ފްލެޓުން މަހުން މަހަށް ގަވާއިދުން ކުލި ނުދައްކާ ކަމެވެ. ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އަންގައި އެ ކުންފުނިން ނޯޓިސް ފޮނުވައި އެކަން އިޢުލާންކުރުމާއެކު، ކުލި ނުދައްކާ ތިބި ގިނަ ފަރާތްތަކުން ކުލި ދެއްކުމަށް ގުޅަމުންދާ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.