ފަސްޓް ލޭޑީ ފައިސަލް މިސްކިތާއި އިސްލާމްއާބާދު މޮނިއުމެންޓަށް ޒިޔާރަތްކޮށްފި
ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އެ ޤައުމުގެ ފައިސަލް މިސްކިތާއި މުހިންމު ބިނާތަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އެ ޤައުމުގެ ފައިސަލް މިސްކިތާއި މުހިންމު ބިނާތަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެ ކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފައިސަލް މިސްކިތަށް ވަޑައިގެން، މެހެމާނުން ލިޔުންވާ ފޮތުގައި ލިޔުއްވާފައިވެއެވެ. ފައިސަލް މިސްކިތަކީ ޕާކިސްތާނުގެ ޤައުމީ މިސްކިތެވެ.
އިސްލާމީ ތާރީޚު ދައްކުވައިދޭ، ތަފާތު ޚާއްޞަ ފަރުމާއެއްގައި ބިނާކޮށްފައިވާ އެ މިސްކިތަކީ ދީނީ ގޮތުން އެންމެ މުހިންމުކަން ދެވޭ، ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ބިނާއެކެވެ.
ދެ ކަނބަލުން އިސްލާމްއާބާދު މޮނިއުމެންޓަށް ވެސް މިއަދު ޒިޔާރަތްކުރައްވާފައިވެއެވެ. އެ މޮނިއުމެންޓަކީ ޕާކިސްތާނުގެ އެއްބައިވަންތަކަމާއި ތާރީޚާއި ތަރިކަ ދައްކުވައިދޭ މޮނިއުމެންޓެކެވެ.
އެ ޒިޔާރަތުގައި މޮނިއުމެންޓާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް އޮފިޝަލުން ދެ ކަނބަލުންނަށް އަރުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް