މައިގަނޑު ބަޔަށް ދާން

ހަބަރު

ރައީސް މުޢިއްޒު ޕާކިސްތާނުގެ ފީލްޑް މާރޝަލް ޢާޞިމް މުނީރާ ބައްދަލުކޮށްފި

ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އެ ޤައުމުގެ ޗީފް އޮފް ޑިފެންސް ފޯސަސް، ރޭ އިސްލާމްއާބާދުގައި އިޙްތިރާމުގެ ޒިޔާރަތެއް ކޮށްފިއެވެ.

ރައީސްގެ އަރިހަށް ވަޑައިގެންނެވީ ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސްގެ މަޤާމަށް ކަނޑައަޅުއްވާފައިވާ ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރެވެ. މި ބައްދަލުވުން ބޭއްވުނީ ރައީސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ދެމެހެއްޓުމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ދެ ޤައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ދިފާޢީ ގުޅުން ވަރުގަދަކުރުމާ ބެހޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

ރައީސް ޕާކިސްތާނަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުއެވެ. ދަތުރުފުޅު ނިންމަވާލައްވާނީ މިއަދުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.