ކާބޯތަކެތީގެ އިންފްލޭޝަން %5.6 އަށް ދަށްވެއްޖެ - ޖުމްލަ އިންފްލޭޝަން %1.8
ރާއްޖޭގައި ކާބޯތަކެތީގެ އަގު އުފުލޭ މިންވަރު މިދިޔަ އޮގަސްޓް މަހު %5.6 އަށް ދަށްވި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ.
ރާއްޖޭގައި ކާބޯތަކެތީގެ އަގު އުފުލޭ މިންވަރު މިދިޔަ އޮގަސްޓް މަހު %5.6 އަށް ދަށްވި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މަހުމަހުގެ ތަފާސްހިސާބުގެ ރިޕޯޓުގައިވާ ގޮތުން، މާލޭގައި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު އޮގަސްޓް މަހު ވަނީ %5.8 އަށް ތިރިވެފައެވެ. މިއަހަރު މާލެ ސަރަހައްދުގައި ކާބޯތަކެތީގެ އަގު އެންމެ މައްޗަށް ދިޔައީ ޖޫން މަހުގައި ކަމަށާއި، އެ މަހު މި ރޭޓު %7.8 ގައި ހުރި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އަތޮޅުތަކުގައި ކާބޯތަކެތީގެ އަގު މިއަހަރުގެ އެޕްރީލް މަހުން ފެށިގެން އުފުލެމުން ދިޔަ ނަމަވެސް، ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު އަގުތައް ދަށްވާން ފަށާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ނަމަވެސް ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގު އަދިވެސް ހުރީ މަތީގައެވެ. އޮގަސްޓް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ރޭޓު ހުރީ %9 ގައެވެ. މި ދާއިރާގެ އަގުތައް މާރިޗު މަހުން ފެށިގެން އުފުލެމުން ދިޔައިރު، އެންމެ މަތިވީ އެޕްރީލް މަހު %10.2 ގައެވެ.
ދަތުރުފަތުރުގެ ޚަރަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ކާބޯތަކެތީގެ އަދި އެހެނިހެން ޒަރޫރީ ދާއިރާތަކުގެ އަގު އުފުލޭ މިންވަރު ލަސްވުމާ ގުޅިގެން ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ރޭޓު %1.8 އަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް