މައިގަނޑު ބަޔަށް ދާން

ހަބަރު

އަގު ނުޖަހާ މުދާ ވިއްކި 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފި

ވިއްކަން ބަހައްޓާފައިވާ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މާލޭ ސަރަޙައްދުގައި ކުރި ޚާއްޞަ އިންސްޕެކްޝަނެއްގައި، ޤާނޫނާ އެއްގޮތަށް އަގު ނުޖަހާ ހުރި 17 ފިހާރައަކަށް އެކަން އިޞްލާޙުކުރުމަށް އަންގައި އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޓްރޭޑް މިނިސްޓްރީން ނޯޓިސް ދީފިއެވެ.

އަގު ނުޖަހާ މުދާ ވިއްކި 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފި

ވިއްކަން ބަހައްޓާފައިވާ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މާލޭ ސަރަޙައްދުގައި ކުރި ޚާއްޞަ އިންސްޕެކްޝަނެއްގައި، ޤާނޫނާ އެއްގޮތަށް އަގު ނުޖަހާ ހުރި 17 ފިހާރައަކަށް އެކަން އިޞްލާޙުކުރުމަށް އަންގައި އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޓްރޭޑް މިނިސްޓްރީން ނޯޓިސް ދީފިއެވެ.

އެ މިނިސްޓްރީން ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 15 އިން 20 އަށް ކުރި އިންސްޕެކްޝަނުގައި ޖުމްލަ 34 ފިހާރައެއް ބަލައިފައިވެއެވެ. އޭގެ ތެރެއިން 17 ފިހާރައެއްގައި ޤާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހާފައި ހުއްޓެވެ. ބާކީ 17 ފިހާރައަކަށް ޤާނޫނުގެ މިންގަނޑުތަކަށް ފެތުމަށް ރަސްމީކޮށް ނޯޓިސް ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އިންސްޕެކްޝަން ކުރީ ވިޔަފާރިކުރާ ތަންތަނުގައި މުދަލުގެ އަގު ސާފުކޮށް ފެންނަން ހުރިތޯ ކަށަވަރުކުރުމަށް، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، މުދަލުގެ އަގު ގަންނަ މީހާއަށް ސާފުކޮށް ނޭނގޭނަމަ އެ މުދާ ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. މުދަލުގައި އަގު ޖެހިކަމަށް ބެލެވޭނީ، ސީދާ މުދަލުގައި އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމުން، ނުވަތަ މުދާ ބަހައްޓާފައިވާ ތަނުގައި އެއީ ކޮން އެއްޗެއްގެ އަގުކަން ސާފުވާ ގޮތަށް ލިޔެފައި ހުރުމުންނެވެ.

ބައެއް ފިހާރަތަކުގައި މުދަލުގެ އަގު ސާފުކޮށް ނޭނގޭ ކަމުގެ ޝަކުވާ ޢާންމުންގެ ފަރާތުން ލިބެމުންދާތީ، މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޤާނޫނާ ޚިލާފަށް އަގު ނުޖަހާ ވިޔަފާރިކުރާ ފަރާތްތަކާ މެދު، ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ މިނިސްޓްރީން ދީފައިވެއެވެ.

ބާޒާރުގައި އަސާސީ މުދަލުގެ އަގުތައް ޢާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން "އަގުމަގު" ޕޯޓަލް ތަޢާރަފްކޮށްފައިވެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، މިހާތަނަށް އެ ޕޯޓަލްގައި 224 ފިހާރައެއް ރަޖިސްޓްރީވެފައިވާއިރު، ކާބޯތަކެތީގެ އަގުތައް އެއް ތަނަކުން ބެލޭނެ މަގުފަހިކޮށް ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ މާޙައުލެއް ޤާއިމުކުރުމަކީ އޭގެ މައިގަނޑު މަޤްޞަދެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.