ހުޅުޖަހައި ފިހާރަތައް ލޫޓުކުރަން ގޮވާލި "ޑެތް" ފުލުހުން ހައްޔަރުކޮށްފި
އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި އިޙްތިޖާޖުކޮށް، ފިހާރަތައް ލޫޓުކުރަން ސޯޝަލް މީޑިއާގައި ގޮވާލި މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި އިޙްތިޖާޖުކޮށް، ފިހާރަތައް ލޫޓުކުރަން ސޯޝަލް މީޑިއާގައި ގޮވާލި މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރެވުނީ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި ފާހަގަވެފައިވާ، ޢާންމުންގެ ތެރޭގައި "ޑެތް" ގެ ނަމުން މަޝްހޫރު މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއް ހޯދައިގެންނެވެ.
ބިންތައް 100 އަހަރަށް ކުއްޔަށް ދޭ ކަމާ ގުޅިގެން އޭނާ ކުރި ޕޯސްޓެއްގައި، އެކަމާ ދެކޮޅަށް އިޙްތިޖާޖުކޮށް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ގޮވާލާފައިވެއެވެ.
އެ ޕޯސްޓުގައި ރާއްޖޭގެ އެންމެ މަޝްހޫރު ފިހާރައެއްގެ ނަން ފާހަގަކޮށް، ފިހާރަތައް ލޫޓުކުރުމަށް ހިތްވަރު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް