މައިގަނޑު ބަޔަށް ދާން

ހަބަރު

މޯލްޑިވިއަންއިން ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ: ރައީސް

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ޕާކިސްތާނުގެ ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އިޢުލާންކުރައްވައިފިއެވެ.

މޯލްޑިވިއަންއިން ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ: ރައީސް

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ޕާކިސްތާނުގެ ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އިޢުލާންކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާންކުރެއްވީ ޕާކިސްތާނުގައި މިއަދު ފެށި ބިޒްނަސް ފޯރަމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ފޯރަމުގައި ރައީސް ވިދާޅުވީ، ޤައުމީ އެއާލައިންގެ ސީދާ ދަތުރުތައް ޕާކިސްތާނަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އޮތީ ވަރަށް ބަދަހި، ގާތް ގުޅުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްގެން އިޤްތިޞާދީ ނަފާ ހޯދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމަ އެ ފޯރަމުގައި ވާހަކަ ދައްކަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުނީ، ދެ ޤައުމުގެ ދެމެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ބައެއް ކަންތައްތައް ފުރިހަމަކުރަން ޖެހޭ ކަމަށެވެ. ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށް ވެސް ޝަރީފް ބުންޏެވެ.

ދެ ޤައުމުން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނުގައި، ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގެ އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.