މެޓުން ކ. އަތޮޅުން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި
މެދު ރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ހަވީރު ރީނދޫ ސަމާލު ނެރެފިއެވެ.
މެދު ރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ހަވީރު ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުރި ރަށްތަކަށެވެ. މި ސަމާލު ދެމިހުންނާނީ ހަވީރު 5:45 އިން ފެށިގެން މިރޭ 9:30 އާ ހަމައަށް ކަމަށް މެޓުން ބުނެއެވެ.
މެޓުގެ ލަފާކުރުމުގައިވާ ގޮތުން، މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ.
އަދި ވިލާގަނޑުތަކާއެކު ގަޑިއަކު 45 މޭލުގެ ބާރުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް