މައިގަނޑު ބަޔަށް ދާން

ހަބަރު

ޖެޓް ފިއުލް ވިއްކުމުން އައްޑޫ އެއާޕޯޓުގެ އާމްދަނީ 94.4 މިލިއަނަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާމްދަނީ މިދިޔަ އަހަރު ގާތްގަނޑަކަށް 61 މިލިއަން ރުފިޔާ އިތުރުވެ، އެ ކުންފުނީގެ ގެއްލުން 10 މިލިއަން ރުފިޔާ ހާއިރު ކުޑަވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޖެޓް ފިއުލް ވިއްކުމުން އައްޑޫ އެއާޕޯޓުގެ އާމްދަނީ 94.4 މިލިއަނަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާމްދަނީ މިދިޔަ އަހަރު ގާތްގަނޑަކަށް 61 މިލިއަން ރުފިޔާ އިތުރުވެ، އެ ކުންފުނީގެ ގެއްލުން 10 މިލިއަން ރުފިޔާ ހާއިރު ކުޑަވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) އަށް 2024 ވަނަ އަހަރު ލިބުނު އާމްދަނީއަކީ 33 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ 94.4 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އާމްދަނީ މި ވަރަށް އިތުރުވީ މައިގަނޑު ގޮތެއްގައި ޖެޓް ފިއުލް ވިއްކުމުން ލިބުނު ފައިސާ އިތުރުވުމުންނެވެ. 2024 ވަނަ އަހަރު ޖެޓް ފިއުލުން ލިބުނީ 13.6 މިލިއަން ރުފިޔާ ކަމަށާއި، މިދިޔަ އަހަރު އެ ޢަދަދު 72.9 މިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ގްރައުންޑް ހޭންޑްލިން ޗާޖުގެ ގޮތުގައި 9.64 މިލިއަން ރުފިޔާއާއި ލޭންޑިން ފީގެ ގޮތުގައި 3.86 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ.

ތެލުގެ ވިޔަފާރި ފުޅާވުމާއެކު ކުންފުނީގެ ހިންގުމުގެ ޚަރަދު 55 މިލިއަން ރުފިޔާއިން 112 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެ ޚަރަދުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަވެފައިވަނީ ޖެޓް ފިއުލް ގަތުމަށް ކަމަށާއި، އެއީ 66.6 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، މުވައްޒަފުންނާއި އިދާރީ ހިންގުމަށް ކުރާ ޚަރަދު މިދިޔަ އަހަރު ކުޑަކޮށްފައިވެއެވެ. 2024 ވަނަ އަހަރު މުވައްޒަފުންނަށް 47.7 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މިދިޔަ އަހަރު އެ ޢަދަދު 46.2 މިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ. އޭގެ ތެރޭގައި މުސާރައާއި އުޖޫރައަށް ހޭދަކުރި 22.2 މިލިއަން ރުފިޔާއާއި އިނާޔަތްތަކަށް ދިން 22 މިލިއަން ރުފިޔާ ހިމެނެއެވެ.

ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އެ ކުންފުންޏަށް 2024 ވަނަ އަހަރު 78.7 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު އެ ގެއްލުން 68.7 މިލިއަން ރުފިޔާއަށް ކުޑަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ކުންފުންޏަކީ ފާއިތުވި ގިނަ އަހަރުތަކެއްގައި މާލީ ބޮޑެތި ގޮންޖެހުންތަކާއި ގެއްލުންތަކާ ކުރިމަތިލަމުން އައި ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.