މައިގަނޑު ބަޔަށް ދާން

ހަބަރު

ޝަރީޢަތް ދިގުނުވާނެ ނިޒާމެއް ބިނާކުރުން މުހިންމު: އުއްތަމަ ފަނޑިޔާރު

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ދިގުދެމިގެން ނުދާނެ ގޮތަށް މަސައްކަތްތައް ރޭވުން ކޮންމެހެން ބޭނުންތެރި ކަމަށް އުއްތަމަ ފަނޑިޔާރު، ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަކުރައްވައިފިއެވެ.

ޝަރީޢަތް ދިގުނުވާނެ ނިޒާމެއް ބިނާކުރުން މުހިންމު: އުއްތަމަ ފަނޑިޔާރު

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ދިގުދެމިގެން ނުދާނެ ގޮތަށް މަސައްކަތްތައް ރޭވުން ކޮންމެހެން ބޭނުންތެރި ކަމަށް އުއްތަމަ ފަނޑިޔާރު، ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ޢަނީ މުޙައްމަދު ވާހަކަފުޅު ދައްކަވަމުން، އިންސާފު ލަސްވުމަކީ އިންސާފުން މަޙްރޫމުވުން ކަމަށް ދެކޭ ބައިނަލްއަޤުވާމީ މަފްހޫމަށް އަލިއަޅުއްވާލެއްވިއެވެ. އެއީ އެންމެން އެއްބަސްވާ މުހިންމު ޙަޤީޤަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ޝަރުޢީ ކޯޓުތަކަށް އަރާނީ، ސުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެ، ކެތްތެރިކަން ނިމުމުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެހެންވެ، ޝަރުޢީ ނިޒާމާއި ފަނޑިޔާރުންނާ މެދު ރައްޔިތުންގެ އުންމީދު ވަރަށް ބޮޑު ކަމަށާއި، ގެއްލިފައިވާ ޙައްޤުތައް ވީއެންމެ އަވަހަކަށް އަނބުރާ ލިބި، ދަތި ޙާލަތްތަކަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ލިބުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ މަސައްކަތްތައް ރޭވިފައި އޮންނަންވާނީ މައްސަލަތައް ދިގުނުލާނެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ޤާނޫނީ ހުރިހާ އިޖުރާއާތެއް ފުރިހަމަކޮށް، ލަސްނުކޮށް އިންސާފުވެރި ޙުކުމެއް ނުވަތަ ނިންމުމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ޢަދުލުގެ ނިޒާމާ މެދު ޢާންމުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ އަސާސެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.