މައިގަނޑު ބަޔަށް ދާން

ހަބަރު

ސާޖިދާ: ރައްކާތެރި، ފެންވަރު ރަނގަޅު ބޭސް ލިބުމަކީ އެންމެ މުހިންމު ކަމެއް

ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަކީ އެންމެ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޕާކިސްތާނުގެ ޑްރަގް ރިލޭޝަންސް އޮތޯރިޓީއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފިއެވެ.

މެޑަމް ސާޖިދާ މުޙައްމަދު މި ވާހަކަފުޅު ދެއްކެވީ އެ އޮތޯރިޓީއަށް ވަޑައިގެން އެ ތަނުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަކީ ކޮންމެ ޤައުމަކުން ވެސް އެންމެ އިސްކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ކޮންމެ މުޖުތަމަޢަކަށް ވެސް އެންމެ މުހިންމީ ރަނގަޅު ޞިއްޙީ ނިޒާމެއް އޮތުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެއީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ކުރިއަށް އަންނަ ޖީލުތަކުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޕާކިސްތާނުން ދެމުންދާ އެހީތެރިކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތީ އިޙްތިރާމާއި އެކުވެރިކަމުގެ ވަރަށް ޚާއްޞަ، ގާތް ގުޅުމެއް ކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.