ތަޣައްޔަރުވެފައި އޮތް ކޯރެއް ހުއްދައަކާ ނުލައި ސާފުކުރި އިނގިރޭސި ވަކީލަކަށް ޖަލު ހުކުމެއްގެ އިންޒާރު
ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ގޮނޑުވެފައި އޮތް ކޯރެއް ރަސްމީ ހުއްދައެއް ނެތި އަމިއްލައަށް އިސްނަގައިގެން ސާފުކުރި ތިމާވެށީގެ ވަކީލަކަށް ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފިއެވެ.
ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ގޮނޑުވެފައި އޮތް ކޯރެއް ރަސްމީ ހުއްދައެއް ނެތި އަމިއްލައަށް އިސްނަގައިގެން ސާފުކުރި ތިމާވެށީގެ ވަކީލަކަށް ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފިއެވެ.
އުމުރުން 40 އަހަރުގެ ޕޯލް ޕައުލްސްލޭންޑް އިސްވެ ހުރެ، ރިވަރ ރޯޑިންގ ޓްރަސްޓާއި ވޮލަންޓިއަރުންނާ ގުޅިގެން މިދިޔަ ފެބްރުއަރީ ފަހުކޮޅު ބާކިންގް ސަރަޙައްދުގައި އޮންނަ އަލްޑަރސް ބްރޫކް ސާފުކުރުމުގެ 10 ދުވަހުގެ ހަރަކާތެއް ހިންގައި، 250 މީޓަރުގެ ސަރަޙައްދަކުން 200 ކޮތަޅުގެ ކުނި ނެގިއެވެ. އެ ކޯރު ބެދިފައި އޮތީ ކުނިބުންޏާއި ޗަކައާއި ގަސްގަހާގެހީންނެވެ. ސާފުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ސަރަޙައްދަށް މަހާއި ފަނިފަކުސައާއި ދޫނިސޫފާސޫފި އެނބުރި އަންނަން ފެށި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެން ނަމަވެސް މަސައްކަތް ނިމުނުތާ ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި އިނގިރޭސިވިލާތުގެ އެންވަޔަރަންމަންޓް އެޖެންސީ (އީއޭ) ގެ އިންވެސްޓިގޭޓަރުން އެ ސަރަޙައްދަށް ގޮސް، ހުއްދައެއް ނެތި ކޯރުގެ އަޑިން ވެލި/ޗަކަ ނެގުމަކީ ފެން ބޮޑުވުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެ ޕައުލްސްލޭންޑަށް ސިޓީއެއް ފޮނުވިއެވެ. މިފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބަކީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.
ޕައުލްސްލޭންޑް ބުނީ، ކޯރު ތަޣައްޔަރުވެ ކުނި އެޅޭ މައްސަލަ ހައްލުކޮށްދޭން އެތައް އަހަރެއް ވަންދެން އީއޭ ގައި އެދުނު ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށެވެ. އެހެންވެ އަމިއްލައަށް އިސްނަގައިގެން ސާފުކުރަން މަޖުބޫރުވީ ކަމަށެވެ. "ކޯރަށް ނަޖިސް އަޅަމުންދާ ކުންފުނިތަކާއި އައްސޭރިފަށަށް އެތައް ހާސް ޓަނުގެ ކުނި އަޅަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅައި، ހެޔޮ ހިތުން ކޯރު ސާފުކޮށްދިން ވޮލަންޓިއަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތްކުރަނީ" ކަމަށް އޭނާ ބުންޏެވެ. އެޖެންސީން އިސްކަން ދެނީ އަސްލު މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ފަސޭހައިން އަތުލައިގަނެވޭނެ އަމާޒުތަކަށް ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ.
މި މައްސަލައިގައި ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން އީއޭ އަށް ވަނީ އަމާޒުވެފައެވެ. ބޮޑެތި ކުންފުނިތަކުން ތިމާވެށި ހަލާކުކުރަމުންދާ އިރު ފިޔަވަޅު ނާޅައި، އަމިއްލަ ޚަރަދުގައި ކޯރު ސާފުކުރި ޢާންމު ރައްޔިތުންނަށް އަދަބު ދޭން އުޅޭތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް