ރަންބީރު ކަޕޫރުގެ ޑައެޓް ދަތުރު — މަޓަން ދޫކޮށްލުން ވީ އެންމެ އުނދަގޫ ކަމަށް
ބޮލީވުޑް ތަރި ރަންބީރު ކަޕޫރު ޑައެޓް ފެށި ދުވަސްވަރު ކެއުމުގެ އާދަތައް ބަދަލުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާގެ ނިއުޓްރިޝަނިސްޓް ޕޫޖާ މަޚީޖާ ބުނެފިއެވެ.
ބޮލީވުޑް ތަރި ރަންބީރު ކަޕޫރު ޑައެޓް ފެށި ދުވަސްވަރު ކެއުމުގެ އާދަތައް ބަދަލުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާގެ ނިއުޓްރިޝަނިސްޓް ޕޫޖާ މަޚީޖާ ބުނެފިއެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕޫޖާ ހާމަކުރި ގޮތުގައި، ރަންބީރު އެންމެ ގަޔާވާ ކެއުންތަކުގެ ތެރޭގައި ހިމެނޭ މަޓަން ކެއުން ހުއްޓައިލުމަކީ އޭނާއަށް ނުހަނު ދަތި ކަމެއް ކަމުގައި ވިއެވެ. އޭގެ އިތުރުން ޕޫޖާ ތައްޔާރުކޮށް ބޯން ދިން ތަރުކާރީ ޖޫހަކީ ވެސް ރަންބީރު ހިތްހަމަޖެހޭ އެއްޗަކަށް ނުވި ކަމަށް ޕޫޖާ ބުންޏެވެ. އެ ޖޫސް ބޯން ރަންބީރު ދެކޮޅު ހެދި ނަމަވެސް، އޭނާގެ މަންމަ ނީތޫ ކަޕޫރު ފަހުން އެ ޖޫސް ރަންބީރުގެ ކޮންމެ ދުވަހެއްގެ ކެއުމުގެ ބައެއް ކަމުގައި ހަމަޖެއްސިއެވެ.
ޕޫޖާ ތައްޔާރުކުރާ އެ ތަރުކާރީ ޖޫހުގައި ހިމެނެނީ ތިން ކުލައެއްގެ ތަރުކާރީއެވެ. ކެރެޓާއި ބީޓާއި ސްޕިނެޗާއި ބެލް ޕެޕާ ފަދަ ބާވަތްތައް ފެނާ އެއްކޮށް ބްލެންޑް ކުރުމަށް ފަހު ފުރާނައިލައި، ފައިބަރުގެ ދެބައިކުޅަ އެއްބައި އަލުން އެ ބުއިމަށް އަޅައި، ލުނބޯ ހުތާއި ކަޅު ލޮނު ކޮޅެއް ވެސް އެއްކުރާ ކަމަށް ޕޫޖާ ބުންޏެވެ. އެ ޖޫހުގެ ރަހަ މީރު ނޫން ކަމަށް ޕޫޖާ ވެސް އެއްބަސްވިއެވެ.
ރަންބީރު ކުރިން މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާގެ ކެއުމުގެ "99 އިންސައްތަ" އަކީ ގޭގައި ތައްޔާރުކުރާ ކެއުމެވެ. ކުޅޭ ކެރެކްޓާއާ ގުޅޭ ގޮތަށް ޑައެޓް ބަދަލުކުރި ނަމަވެސް ގޭ ކެއުމަށް ޚާއްޞަ އިސްކަމެއް ދޭ ކަމަށް ރަންބީރު ބުނެފައިވެއެވެ.
އެހެން ނަމަވެސް ދޫކޮށްނުލެވޭ ކަމަށް ރަންބީރު ޤަބޫލުކުރާ އެއް އެއްޗަކީ ކޮންމެ ރެއެއްގައި ކާ ޗޮކްލެޓް ކޮޅެވެ. ޗީޒް ކޭކަކީ ވެސް ޑައެޓް "މުގުރައިލާ" ހިތްވާ ބާވަތެއް ކަމަށާއި، ޗީޓް މީލެއް ބޭނުންވެއްޖެ ނަމަ ގިނައިން އޯޑަރުކުރަނީ ޗައިނީޒް ކެއުން ނުވަތަ ޕިއްޒާ ކަމަށް ރަންބީރު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް