މައިގަނޑު ބަޔަށް ދާން

ހަބަރު

ކްލަބް އެޗްޑީސީ - 12 މެޗުން މޮޅުވެ ބީޗް ވޮލީގެ ތިން ތަށި އުފުލައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ތިން ބީޗް ވޮލީ މުބާރާތުގައި ވެސް އެންމެ މެޗަކުން ވެސް ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދައިފިއެވެ.

ކްލަބް އެޗްޑީސީ - 12 މެޗުން މޮޅުވެ ބީޗް ވޮލީގެ ތިން ތަށި އުފުލައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ތިން ބީޗް ވޮލީ މުބާރާތުގައި ވެސް އެންމެ މެޗަކުން ވެސް ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދައިފިއެވެ.

އެ ޓީމުގައި ހިމެނެނީ އަހުމަދު މުހައްމަދާއި ޝަމާއިލް ހުސެއިނެވެ. މި ދެ ކުޅުންތެރިން ވަނީ ތިން މުބާރާތުގައި ޖުމުލަ 12 މެޗު ކުޅެ، ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ.

ފުރަތަމަ މުބާރާތަކީ ނޮވެންބަރު 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕެވެ. ޖުމުލަ 18 ޓީމު ވާދަކުރި އެ މުބާރާތުގައި އެޗްޑީސީގެ ތިން ޓީމެއް ބައިވެރިވި އިރު، ޗެމްޕިއަންކަން ހޯދީ ފަސް މެޗުން ވެސް މޮޅުވެ، އަހުމަދު މުހައްމަދާއި ޝަމާއިލް ހުސެއިންގެ ޓީމުންނެވެ. ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގައި ވާދަކުރީ ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ހަ ޓީމެވެ. އެ ލީގުގައި އެޗްޑީސީ ތަމުސީލުކުރީ ހަމައެކަނި އެ ދެ ކުޅުންތެރިންނެވެ. ފަސް މެޗުން ވެސް މޮޅުވެ ލީގުގެ ތަށި ވެސް އެ ޓީމުން ކާމިޔާބުކުރިއެވެ.

ތިންވަނަ މުބާރާތް ކަމަށްވާ ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް ބޭއްވީ ނޮވެންބަރު 18 ވަނަ ދުވަހު މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައެވެ. ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ކުޅުނު އެ މުބާރާތުގައި ވެސް ދެ މެޗުން މޮޅުވެ، ތަށި ހޯދީ ކްލަބް އެޗްޑީސީންނެވެ.

އެޗްޑީސީން ބުނީ "އެ ކޯޕަރޭޝަންގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މި ފަދަ ކުޅިވަރުތަކުން ކުރިއަށްދާން މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުން" ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.