ނިހާ ޝަރްމާ 39 ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖެއަށް
ބޮލީވުޑުގެ ތަރި ނިހާ ޝަރްމާ އޭނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ދެކުނު މާލެ އަތޮޅުގައި ހުންނަ ރަށް ގިލި ރިޒޯޓުގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.
ބޮލީވުޑުގެ ތަރި ނިހާ ޝަރްމާ އޭނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ދެކުނު މާލެ އަތޮޅުގައި ހުންނަ ރަށް ގިލި ރިޒޯޓުގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.
ނިހާ ވަނީ މި ދަތުރުގެ ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ ޕޫލު ކައިރީގައި ހަމަޖެހިލައިގެން އިން މަންޒަރެވެ. އޭނާގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ރަށް ގިލީގެ ވެށި ރީތި ކަމަށާއި، އެ ރިޒޯޓުގެ މެހެމާންދާރީ ވަރަށް ފުރިހަމަ ކަމަށެވެ.
މިއީ ނިހާ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ފުރަތަމަ ފަހަރެއް ނޫނެވެ. 2025 ވަނަ އަހަރުގެ އެޕްރީލް މަހު ވެސް އޭނާ ބެލިއޯނީ ރިޒޯޓުގައި ޗުއްޓީ ހޭދަކޮށް، އެ ދަތުރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވެއެވެ.
އިންޑިއާގެ ފިލްމް އެކްޓްރެސް އަދި މޮޑެލެއް ކަމުގައިވާ ނިހާ ފިލްމީ ދާއިރާއަށް ވަނީ 2007 ވަނަ އަހަރު ޕޫރީ ޖަގައްނާތު ޑައިރެކްޓުކުރި ތެލުގު ފިލްމެއް ކަމުގައިވާ ޗިރުތާ (Chirutha) އިންނެވެ. އެއަށްފަހު ޔަމްލާ ޕަގްލާ ދީވާނާ 2 (Yamla Pagla Deewana 2) އާއި ސޯލޯ (Solo) އަދި ތާންހާޖީ (Tanhaji) ފަދަ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.
ރަށް ގިލި މޯލްޑިވްސް އަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވި ލަގްޒަރީ ރިޒޯޓެކެވެ. ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސްގެ ފުރަތަމަ ރިޒޯޓު ކަމުގައިވާ މި ތަން ފަރުމާކޮށްފައި ވަނީ ތިމާވެށީގެ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދީގެން، ޑޮލްފިން ސެންކްޗުއަރީއެއް ހިމެނޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް