ފަސްތަރި ޕަރފިއުމްސް — އޮރިޖިނަލް ބްރޭންޑެޑް ސެންޓު ކޮންމެ ބަޖެޓަކަށް
މީރުވަހަކީ މީހެއްގެ ޝަޚުޞިއްޔަތާއި މިޒާޖު ރަމްޒުކޮށްދޭ މުހިންމު ވަސީލަތެކެވެ. ހަމައެހެންމެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދައްކައިދޭ ކަމެއް ވެސް މެއެވެ. މި ވިސްނުމުގެ ތެރެއިން އުފެދުނު ފަސްތަރި ޕަރފިއުމްސް އަކީ، އޮރިޖިނަލް ބްރޭންޑެޑް ސެންޓު ހެޔޮ އަގުގައި ކޮންމެ މީހަކަށް ވެސް ފޯރުކޮށްދިނުމުގެ މަޤު
މީރުވަހަކީ މީހެއްގެ ޝަޚުޞިއްޔަތާއި މިޒާޖު ރަމްޒުކޮށްދޭ މުހިންމު ވަސީލަތެކެވެ. ހަމައެހެންމެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދައްކައިދޭ ކަމެއް ވެސް މެއެވެ. މި ވިސްނުމުގެ ތެރެއިން އުފެދުނު ފަސްތަރި ޕަރފިއުމްސް އަކީ، އޮރިޖިނަލް ބްރޭންޑެޑް ސެންޓު ހެޔޮ އަގުގައި ކޮންމެ މީހަކަށް ވެސް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވި ފިހާރައެކެވެ.
މި ފިހާރައިން ވިއްކާ ކޮންމެ ފުޅިއަކީ ވެސް 100 އިންސައްތަ އޮރިޖިނަލް ބްރޭންޑެޑް ސެންޓެވެ. އިތުބާރު ހިފޭ ފަރާތްތައް މެދުވެރިކޮށް ގެނެސް، ކޮލިޓީ ކަށަވަރުކުރުމަށްފަހު ކަސްޓަމަރުންނާ ހަމައަށް ގެނެސްދެނީ ގާތް ކަސްޓަމަރ ސާވިސްއަކާ އެކުގައެވެ. ކޮންމެ ކަސްޓަމަރެއްގެ ސްޓައިލާއި މިޒާޖާ ގުޅޭ ސެންޓެއް ޚިޔާރުކުރުމުގައި ޚާއްޞަ އެހީތެރިކަން ވެސް އެ ފިހާރައިން ފޯރުކޮށްދެއެވެ.
އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަ ތަފާތު ގިނަ ވައްތަރުތައް ފަސްތަރި ޕަރފިއުމްސް އިން ލިބެން އެބަހުއްޓެވެ. ތާޒާ މަލުގެ ވަސްތަކާއި ފޮނި ވަސްތަކުގެ އިތުރުން، ވޫޑީ އަދި އޫދުގެ ވައްތަރުތައް ވެސް ހިމެނެއެވެ. ކޮންމެ ދުވަހެއްގެ ބޭނުމަށް ލުއި ވަހެއް ހޯދާ މީހާއަށާއި، ޚާއްޞަ މުނާސަބަތުތަކަށް ގިނައިރު ވަސް ހިފެހެއްޓޭ ގަދަ ސެންޓެއް ބޭނުންވާ މީހާއަށް ވެސް އެކަށޭނަ އެއްޗެއް އެ ފިހާރައިން ލިބޭނެއެވެ. ތަފާތު އަގުތަކުގައި ސެންޓު ލިބެން ހުރުމުން، ކޮންމެ ފަންތިއެއްގެ ބަޖެޓަކާ ވެސް ގުޅޭ ގޮތަށް ފެންވަރު ރަނގަޅު ސެންޓެއް ޚިޔާރުކުރެވެއެވެ.
"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މީރު ސެންޓަކީ ހަމައެކަނި ވަހެއް ނޫން. އެއީ ޝަޚުޞިއްޔަތާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް. އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޚާއްޞަ 'ސިގްނޭޗަރ ސެންޓް' ހޯދައިދިނުން."
ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ މަޝްހޫރު އައު ބްރޭންޑުތަކާއި ޓްރެންޑް ސެންޓުތައް ތަޢާރަފުކޮށް، ކަލެކްޝަން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަސްތަރި ޕަރފިއުމްސް އިން ދަނީ ކުރަމުންނެވެ. އެ ފިހާރައިގެ ސެންޓުތައް ގަތުމަށް ނުވަތަ އިތުރު މަޢުލޫމާތު ހޯދުމަށް އިންސްޓަގްރާމް ޕޭޖު 5thariperfume@ އަށް ޒިޔާރަތްކޮށްލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް