މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ފަހަތުން އަރައި ބާސެލޯނާ 3-2 އިން ވިޔަރެއާލް ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ދެ ލަނޑުން ފަހަތުގައި އޮވެފައި ފަހަތުން އަރައި 3-2 އިން ވިޔަރެއާލްގެ މައްޗަށް ކުރި ހޯދައި، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.

ފަހަތުން އަރައި ބާސެލޯނާ 3-2 އިން ވިޔަރެއާލް ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ދެ ލަނޑުން ފަހަތުގައި އޮވެފައި ފަހަތުން އަރައި 3-2 އިން ވިޔަރެއާލްގެ މައްޗަށް ކުރި ހޯދައި، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކުރި ލިބުނީ ވިޔަރެއާލްއަށެވެ. މެޗުގެ ކުރީކޮޅު ތޭޖޯން ބުޗަނަން އާއި ތާނީ އޮލުވަސޭއީ ކާމިޔާބުކުރި ދެ ލަނޑާ އެކު ވިޔަރެއާލުން ދެ ގޯލުގެ ފަރަގެއް ނެގިއެވެ. ފުރަތަމަ ހާފުގައި ބާސެލޯނާއަށް ފަރަގު ކުޑަކުރެވެން އައި އެންމެ ރަނގަޅު ފުރުސަތުގައި ލަމީން ޔަމާލް ފޮނުވައިލި ޕެނަލްޓީ ޖެހުނީ ގޯލުގެ ދަނޑީގައެވެ.

ދެވަނަ ހާފު ފެށުމާ އެކު ބާސެލޯނާއިން ކުޅުމުގެ ރާގު މުޅީން ބަދަލުކޮށްލިއެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޖެރާޑް މާޓިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. އޭގެ ހަތަރު މިނެޓު ފަހުން ފާމިން ލޮޕޭޒް ގޯލެއް ކާމިޔާބުކޮށް ނަތީޖާ 2-2 އިން ހަމަހަމަކޮށްދިނެވެ. ބާސެލޯނާ މެޗުން މޮޅުކޮށްދިން ތިންވަނަ ލަނޑަކީ ވިޔަރެއާލްގެ ޑިފެންޑަރު ޕައު ނަވާރޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފަހު ވަގުތު ނަވާރޯއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން ވިޔަރެއާލުން މެޗު ނިންމައިލީ އެކަކު މަދުކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.