މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ހައިކޯޓުގެ ބެންޗު 15 ފަނޑިޔާރުންނަށް ބޮޑުކުރަން ބިލެއް ހުށަހަޅައިފި

ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އިތުރުކުރުމާއި ޝަރީޢަތުގެ އެކި އިޖުރާއާތުތަކަށް ބަދަލު ގެނައުން ހިމެނޭ ގޮތަށް ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހައިކޯޓުގެ ބެންޗު 15 ފަނޑިޔާރުންނަށް ބޮޑުކުރަން ބިލެއް ހުށަހަޅައިފި

ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އިތުރުކުރުމާއި ޝަރީޢަތުގެ އެކި އިޖުރާއާތުތަކަށް ބަދަލު ގެނައުން ހިމެނޭ ގޮތަށް ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރު ސްޕޮންސަރ ކުރެއްވި މި ބިލުގައި، ހައިކޯޓުގައި މިހާރު ތިއްބަވާ 11 ފަނޑިޔާރުންގެ ބެންޗު ހަތަރު ފަނޑިޔާރުން އިތުރުކޮށް 15 އަށް ބޮޑުކުރުމަށް ހިމަނާފައިވެއެވެ.

ބިލުގައިވާ ގޮތުން، ދަށު މަރުޙަލާގެ ހުރިހާ ކޯޓަކުން ވެސް 14 ދުވަހުގެ ތެރޭގައި ހައިކޯޓަށް ލިޔެކިއުން ފޮނުވުން ލާޒިމުވާނެއެވެ. މިހާރު މާލޭގެ ކޯޓުތަކަށް ގިނަވެގެން ހަތް ދުވަހުގެ މުހުލަތެއް ލިބޭ އިރު، ރަށްރަށުގެ ކޯޓުތަކަށް 30 ދުވަސް ލިބެއެވެ. އެހެންކަމުން މި އިސްލާހު ފާސްވެއްޖެ ނަމަ މާލޭގެ ކޯޓުތަކަށް ލިބޭ މުއްދަތު ދެ ގުނަވާ އިރު، ރަށްރަށުގެ ކޯޓުތަކުގެ މުއްދަތު ދެބައިކުޅަ އެއްބައި ކުޑަވެގެންދާނެއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ސީދާ އިސްތިސްނާކޮށްފައިވާ ހާލަތުތައް ނޫން ހުރިހާ ހާލަތެއްގައި ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ޢާންމުކޮށް ހުޅުވާލައިގެން ބޭއްވުން ލާޒިމުކުރާ މާއްދާއެއް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ކޯޓުތައް އެކުލެވިގެންވާ ގޮތާއި އިޚްތިޞާޞާއި އިސް މަޤާމުތައް ހަމަޖެހިފައިވާ ގޮތް ހަރުދަނާކުރުމަކީ މި އިސްލާހުތައް ގެނައުމުގެ މައިގަނޑު ބޭނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.