މައިގަނޑު ބަޔަށް ދާން

ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢަލީ ސަމީރަށް މަޖިލީހުގެ ރުހުން ދީފި

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢަލީ ސަމީރަށް މަޖިލީހުގެ ރުހުން ދީފި

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ނިންމުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ. ސަމީރުގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ ރައީސް މުޢިއްޒެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ސަމީރު ޢައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމާ ގުޅިގެން، އެ ލަފައާ އެއްގޮތަށް ރައީސް ވަނީ މަޖިލީހަށް ނަންފުޅު ފޮނުއްވައިފައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ނަންފުޅު ދިރާސާކުރެއްވުމަށް ފަހު ރުހުން ދިނުމަށް ތާއީދުކުރައްވައިފައިވެއެވެ.

އެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވައިލެއްވުމުން ދެ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ސަމީރުގެ އިތުރުން ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމެވެ.

ސަމީރު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން އަދާކުރައްވައިފައެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސް ޤާޒީކަން ވެސް ކުރެއްވިއެވެ. ހައި ކޯޓުން ވަކިވެވަޑައިގެންނެވި ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވައި، މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯ ފާމެއްގައެވެ. ބެޗެލާސް ޑިގްރީ ޙާޞިލުކުރެއްވީ މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ކަމަށް ވާއިރު، މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔާކުރެއްވުމުން ސަމީރު އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.