މައިގަނޑު ބަޔަށް ދާން

ހަބަރު

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅުން ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް އޮތް އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅުން ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް އޮތް އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި އެހީއަށް އެދޭ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ "ވަންގަވް" ޕޯޓަލްގައި ޤާއިމުކޮށްފައިވާ "މީޑިއާއެޕް" މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިރު، އެ އުސޫލުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ހިލޭ އެހީއާއި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ޚާއްޞަކޮށްފައިވާ ފައިސާ ނުހިމަނައި، ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ ޝަރުތު ހަމަވާ މީޑިއާތަކަށް ދޫކުރެވޭނެއެވެ. 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުގައި މި ފައިސާ ހިމެނުމަށް އެ އުސޫލުގައި ކަނޑައަޅައިފައިވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ނުވަތަ މީޑިއާ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ދަފުތަރުކޮށްފައިވާ އަމިއްލަ މީޑިއާތަކަށް ކުރިމަތިލެވޭ އިރު، ދަފުތަރުވި ތާރީޚުން ފެށިގެން މެދުނުކެނޑި އެއް އަހަރު ޚިދުމަތް ދީފައި އޮންނަން ޖެހެއެވެ. އޭގެ އިތުރުން ޓެކްސް ކްލިއަރެންސް ރިޕޯޓާއި ޕެންޝަން ކޮމްޕްލައިންޓް ސެޓުފިކެޓު ހުށަހެޅުމާއި، މުވައްޒަފުންގެ މުސާރަ ބެންކު މެދުވެރިކޮށް ޖަމާކުރާ ކަމުގެ ހެކި ދެއްކުމާއި، މީޑިއާ ކޯޑް އޮފް އެތިކްސް ޢާންމުކޮށްފައި އޮތުމަކީ ވެސް ފުރިހަމަވާން ޖެހޭ ޝަރުތުތަކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.