މައިގަނޑު ބަޔަށް ދާން

ހަބަރު

ކ. ހުރާގައި ހިންގި ރެއިޑެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރާ ބިދޭސީން ދެނެގަތުމަށް ޓާސްކުފޯހުން އިއްޔެ ކ. ހުރާގައި ހިންގި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއްގައި 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ 341 މީހެއްގެ ލިޔެކިޔުންތައް ވަނީ ބަލައިފާސްކޮށްފައެވެ. އެ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު 43 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރުމާއި މަސައްކަތްކުރުމުގެ މައްސަލައަކީ ކަމާ ބެހޭ އިދާރާތަކުން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.